އިއްޒުއްދީނާއި ސަލާހުއްދީން ސްކޫލުގައި އޯލެވެލް ކިޔަވައިދޭން ފަށައިފި

އިއްޒުއްދީން ސްކޫލް: އެ ސްކޫލުގައި އޯލެވެލް ކިޔަވައިދޭން ވަނީ ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ފެށުނު ދިރާސީ އާ އަހަރާ އެކު އިއްޒުއްދީން ސްކޫލު އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލުގައި އޯލެވެލްއަށް ކިޔަވައިދޭން ފަށައިފިއެވެ.

ސަލާހުއްދީން ސްކޫލުގައި މި އަހަރު ގްރޭޑް 10އަކަށް ކިޔަވައިދޭއިރު، ކިޔެވުން ކުރިއަށް ގެންދަނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ. ސަބަބަކީ އެ ސްކޫލުގެ ޖާގައަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ދަރިވަރުން މި ވަގުތު އެ ސްކޫލުން ތައުލީމު ހާސިލުކުރާތީއެވެ.

https://sun.mv/191442

ދެހާސްވިހިވަނަ އަހަރު އިއްޒުއްދީން ސްކޫލު ހުޅުވިއިރު އެ ސްކޫލުގައި ކިޔަވައިދިނީ ގްރޭޑް ހަޔަކާ ހަމައަށެވެ. ނަމަވެސް، މި އަހަރު އެ ސްކޫލުގައި ގްރޭޑް ދިހައަކަށް ކިޔަވައިދެނީ އެ ދަރިވަރުން ގްރޭޑް ދިހައަކަށް މި އަހަރު ޕްރޮމޯޓްވެފައި ވާތީއެވެ.

އިއްޒުއްދީން ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާސީ އާ އަހަރުގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހު ފަށާފައިވަނީ، 96،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކުއެވެ. އޭގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރީން ބުނީ ރާއްޖޭގެ ޕްރައިވެޓް ސުކޫލަތުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 12އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، އޭގެ ތެރެއިން 9000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދަނީ މާލެ ސަރަހައްދުގައި ކަމަށެވެ.

comment ކޮމެންޓް