މައިކްރޯސޮފްޓްގެ ކޯޕައިލޮޓް މިހާރު ޓެލެގްރާމްގައި

މައިކްރޮސޮފްޓުން އެ ކުންފުނީގެ ކޮޕައިލޮޓް އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، މަޝްހޫރު މެސެޖިން އެޕް ޓެލެގްރާމަށް އިންޓަގްރޭޓްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެންމެންނަށް ބީޓާ ވާޝަންގައި އެ ޗެޓްބޮޓް ނެރެފިއެވެ.

އަންގާރަ ދުވަހުން ފެށިގެން ޓެލެގްރާމްގެ މިލިއަނެއްހާ ކަސްޓަމަރުންނަށް މިހާރު ސީދާ އެޕްގެ ތެރޭގައި ކޮޕައިލޮޓަށް ވަދެ ވާހަކަ ދައްކައި، ސުވާލުކޮށް، ވެބް ސާޗްކޮށް، އޭއައި ޖެނެރޭޓެޑް ރެސްޕޮންސް ތައް ލިބޭނެ ކަމަށް ޓެލެގްރާމުން ބުނެއެވެ.

ޗެޓްބޮޓަށް ވަނުމަށް ފަސޭހަ ދެ ގޮތެއް ވަނީ ފަހިކޮށްދީފައެވެ. އެއްގޮތަކީ މި ފީޗާއަށް ހާއްސަ މައިކްރޮސޮފްޓްގެ ސައިޓަށް ގޮސް "ޓްރައި ނައު" ބަޓަނަށް ކްލިކްކޮށްލައިގެން އެ ފީޗާ ޓެލެގްރާމްގައި އޮން ކޮށްލުމެވެ.

ދެވަނަ ގޮތަކީ ސީދާ ޓެލެގްރާމް ހުޅުވައިގެން މެނުއަލްކޮށް ކޮޕައިލެޓް ބޭނުންކުރުމެވެ. އެކަމަކު ދެވަނަ އޮޕްޝަނަކީ ޓެލެގްރާމްގެ ވެރިފައިޑް އެކައުންޓްތަކަށް ލިބޭ އޮޕްޝަނެކެވެ.

ބީޓާ ޕީރިއަޑްގައި ޓެލެގްރާމަށް ކޯޕައިލޮޓް ހިލޭ ލިބެން ހުރި އިރު، ޗެޓްބޮޓާ ވާހަކަ ދައްކާއިރު މިހާރު ދުވާލަކު 30 މެސެޖް ޓާންގެ ލިމިޓެއް އޮވެއެވެ.

ކޯޕައިލޮޓްގެ ފީޗާ ޓެލެގްރާމް ޔޫޒަރުންނަށް ލިބުނު ނަމަވެސް ފޯނު ނަންބަރެއް ދީގެން ކޯޕައިލޮޓަށް ރަޖިސްޓްރީ ވާން ޖެހޭތީ ޕްރައިވެސީގެ ބައެއް ވިސްނުންތައް އެބަހުއްޓެވެ.

ނަމަވެސް މައިކްރޮސޮފްޓުން ބުނަނީ ޓެލެގްރާމް އިންޓަގްރޭޝަން ބަރޯސާވަނީ އެ ކުންފުނީގެ ކޯޕައިލޮޓް އެހެން ޕްލެޓްފޯމްތަކުގައި ވެސް ބޭނުން ކުރާ އުޞޫލާ އެއްގޮތް ސޭފްޓީ އިންފްރާސްޓްރަކްޗާއެއްގެ މައްޗަށް ކަމަށެވެ.

އޭއައި އެސިސްޓެންޓުން އިތުރުވަމުންދާއިރު، މައިކްރޮސޮފްޓުން ކޯޕައިލޮޓްގެ ބަހުގެ ގާބިލުކަން ޓެލެގްރާމް ކަހަލަ ބޮޑު މެސެޖިން ޕްލެޓްފޯމަކަށް ގެނައުމަށް އެޅި ފިޔަވަޅަކީ އެޕްލިކޭޝަންތަކާއި ހިދުމަތްތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި އޭއައި ބޭނުން ކުރުމަށް އެޅުނު އިތުރު ހަރުދަނާ ފިޔަވަޅެއް ކަމަށް ޓެކްރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް