ސްކައިޕްގައި އިޝްތިހާރު ދެއްކުން ހުއްޓާލަނީ

ސްކައިޕް ކޯލްއެއް: މައިކްރޯސޮފްޓްއިން ވަނީ ސްކައިޕްގައި އިޝްތިހާރު ދެއްކުން ހުއްޓާލަން ނިންމައިފައި -- ފޮޓޯ/ މައިކްރޯސޮފްޓް

މައިކްރޯސޮފްޓުން އެކުންފުނީގެ ވީޑިއޯ ކޮންފަރެންސް ޕްލެޓްފޯމް ސްކައިޕްގައި އިޝްތިހާރު ދެއްކުން ހުއްޓާލަން ނިންމައިފިއެވެ.

މައިކްރޯސޮފްޓުން އެކުންފުނީގެ ވީޑިއޯ ކޮންފަރެންސިން އަދި އިންޓަނެޓް މެދުވެރިކޮށް ގުޅުމުގެ ޚިދުމަތް ދޭ ޕްލެޓްފޯމް، ސްކައިޕްގެ އައު އަޕްޑޭޓެއް ހޯމަ ދުވަހު ވަނީ ތައާރަފުކޮށްފައެވެ.

މި އަޕްޑޭޓާއެކު ސްކައިޕްގެ އެއްވެސް ޕްލެޓްފޯމަކުން އިޝްތިހާރުތައް ނުފެންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މައިކްރޯސޮފްޓުން ބުނާ ގޮތުގައި މި ބަދަލާއެކު ސްކައިޕް ބޭނުންކުރާ ފަރާތްތަކަށް އިޝްތިހާރުތަކުގެ ސަބަބުން ދިމާވާ ދަތިތައް ދެން ކުރިމަތިނުވެ، ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން 'އިމޭޖް ކްރިއޭޓް' ކުރުމުގެ ފީޗާ މި އަޕްޑޭޓުގައި ކުރިއަށްވުރެ ރަނގަޅު ކޮށްފައިވާނެ ކަަަމަށް އެ ކުންފުނިން ބުންޏެވެ.

އެ ބަދަލުތައް ގެނެސްފައިވަނީ ސްކައިޕްގެ 8.125.76.201 ވާޝަންގައެވެ.

މި އަޕްޑޭޓާއެކު އޭއައި ބޭނުންކޮށްގެން އިމޭޖް ކްރިއޭޝަން ފީޗާ ޗެޓް ވިންޑޯއިންނާއި ޓޮޕް ނެވިގޭޝަން ބާއިން ބޭނުންކުރެވޭނެއެވެ. އަދި މެސެޖް ކޮންޓެކްސްޓް މެނޫގައި ވެސް މި ފީޗާ ފެންނަން ހުންނާނެއެވެ.

comment ކޮމެންޓް