ވިނަރެސް ފުލެޓުގެ އާންމު ސަރަހައްދުތަކުގައި ބަހައްޓައިފައި ހުރި ތަކެތި ނަގަން އަންގައިފި

ވިނަރެސް ފުލެޓުތައް -- ސަންފޮޓޯ/ ނާއިލް ހުސައިން

ވިނަރެސް ފުލެޓުގެ އާންމު ސަރަހައްދުތަކުގައި ބަހައްޓައިފައި ހުރި ތަކެތި ނަގަން އެޗްޑީސީން އަންގައިފިއެވެ.

މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް ފުލެޓުގެ އާންމު ސަރަހައްދުގައި އެއްޗެއް ބަހައްޓައިފައިހުރި ނަމަ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެތަކެތި ނަގަން ވަނީ އަންގައިފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ ވިނަރެސް ޓަވަރުގެ ވަކި ޔުނިޓުތަކުގައި ހިފާ ގެންގުޅޭ ތަކެއްޗާއި ކުނީގެ ބާވަތްތައް ޔުނިޓު ބޭރުން އާންމު ސަރަހައްދުގައި ބަހައްޓައިފައި ހުރުމުން އިމާރާތުގެ ސަލާމާތާއި ރައްކާތެރިކަން ބަލަހައްޓައި އާންމު ބައިތަށް ސާފުކޮށް އެހެން ޚިދުމަތްތައް ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވާ ކަމަށެެވެ.

އަދި ވިނަރެސް އަކީ ވަކި ޔުނިޓުތަކެއްގައި ތަފާތު ގޭބިސީތަކެއް ދިރިއުޅޭ އިމާރާތަކަށްވާތީ އެ ކަމުގެ ސަބަބުން އަވައްޓެރި ފުލެޓަށް އުނދަގުވެދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އަދި އިމާރާތުގެ އާންމު ބައިތައް ހަމަހަމަ އުސޫލެއްގެ ދަށުން ބޭނުންކުރެވުމަކީ އިމާރާތުގައި ހިއްގައިމު އަދި ރައްކާތެރި މާހައުލެއް ބިނާކުރަން ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެހެންވެ އިމާރާތުގެ އާންމު ތަންތަނާއި ވަސީލަތްތައް ބޭނުން ކުރުމާ ގުޅޭ ގޮތުން ޝާއިއު ކޮށްފައިވާ ޤަވާއިދަށް ތަބާވުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އަދި އެގޮތަށް އަމަލު ނުކުރާނަމަ އުސޫލުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް