އދ.އާ ގުޅުން ވަރުގަދަކުރުމަށް ސެކްރެޓަރީ ޖެނެރަލްއާ ރައީސް މަޝްވަރާކުރައްވައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އދ ގެ ސެކްރެޓަރީ ޖެނެރަލް އަންތޯނިއޯ ގޫތެރެސް--ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި އދ.ގެ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ މަޝްވަރާކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެންޓިގުއާ އެންޑް ބާބިއުޑާގައި ކުރިއަށްދާ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް)ގެ ހަވާސާގައެވެ.

އެ ބައްދަލުވުމުގައި ރައީސް، އދ.އިން ރާއްޖޭގެ ގައުމީ ތަރައްގީއަށްވެދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުއާއި ރާއްޖެއާ އޮތް ގާތްކަމާއި އިތުބާރު ދެމެހެއްޓުމުގައި އދ. އަދާކޮށްދޭ ދައުރަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ ޒަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ގޮންޖެހުންތަކުން އަރައިގަންނަން ކުރާ މަސައްކަތްތައް ހިއްސާކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި، އެ މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރައިވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގައެވެ.

މިގޮތުން ރައީސް މުއިއްޒު ވަނީ މިރޭ ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން ދެއްވާފައެވެ. އެ ބަޔާނުގައި އެ މަނިކުފާނު ވަނީ ރާއްޖެ ބައިނަލްއަގުވާމީ ގޮތުން ބާރުވެރިވާން، އދ.ގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާނެކަން އިއުލާން ކުރައްވައިފައެވެ.

https://sun.mv/192516

ކުދި ޖަޒީރާ ގައުމުތަކުން ބައިވެރިވާ މި ކޮންފަރެސަކީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވާ ކޮންފަރެންސެކެވެ.

comment ކޮމެންޓް