ބައިނަލްއަގުވާމީ ގޮތުން ބާރުވެރިވާން، އދ.ގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާނަން: ރައީސް

ސިޑްސް މަހާސިންތާ ހުޅުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ/ ރައީސް އޮފީސް

އދ.ގެ ސަލާމަތީ މަޖިލީހާއި އިގުތިސާދީ މަޖިލީހުގެ މެމްބަރުކަން ހޯދަން ރާއްޖޭން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ މަހާސިންތާގައި ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ސިޑްސްގެ ގައުމުތަކުން އެދޭގޮތަށް ކަންކަން ނިންމުމުގައި ގައުމުތަކުން އދ.ގައި ބައިވެރިވުން މުހިންމު ކަމަށެވެ.

"ގައުމުތަކުގެ މަސައްކަތްތަކުގައި ސިޑްސްއިން އިސް ދައުރެއް އަދާކުރަން ޖެހޭ. އަޅުގަނޑުމެން ޕްރައިވެޓް ސެކްޓާތައް ހަރުދަނާކޮށް އިންސްޓިޓިއުޝަންތައް ހަރުދަނާ ކުރަންޖެހޭ," އެ މަނިކުފާނު ވިދާޅުވިއެވެ.

"ޕަބްލިކް ސާވިސްތައް ރަނގަޅުކޮށް، ދެފުށް ފެންނަ އިތުބާރު ހިފޭ ގޮތަށް ކަންކަން ބަލަހައްޓަންޖެހޭ. އަޅުގަނޑުމެންގެ ހާލަތަށް ރިއާޔަތްކޮށް، ބޭނުންވާ ގޮތަށް ކަންކަން ނިންމަން ބޭނުން ނަމަ، ޔޫއެންގެ މަޖިލީހުން ޖާގައެއް ހޯދަން ޖެހޭ."

އެމަނިކުފާނު ވަނީ، ކުދި ޖަޒީރާ ގައުމުތަކަށްދޭ މާލީ އެހީގެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ވެސް ގޮވާލައްވައިފައެވެ. އަދި ސިޑްސްގެ ގައުމުތަކަކީ ކުޑަ ގައުމުތަކަކަށް ވީނަމަވެސް، ސައިޒަކީ ގައުމުތަކުގެ މުސްތަގުބަލު ކަނޑައަޅާ މިންގަނޑު ނޫންކަމަށް ރައީސް ވިދާޅުވެފައެވެ.

ފަލަސްތީނުގައި ހިންގާ ގަތުލުއާންމާ ގުޅިގެން ރައީސް ވިދާޅުވީ، ގަތުލު އާންމު ވަގުތުން ވަގުތަށް ހުއްޓާލުމަށް ސިޑްސްގެ ލީޑަރުން ގޮވާލަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް މާލީ އެހީ ދޭ މިންވަރު އިތުރުކުރަން ވެސް ސިޑްސްގައި ރާއްޖޭން ވަނީ ގޮވާލާފައެވެ.

https://sun.mv/192414

އދ. ގެ ސަލާމަތީ މަޖިލީހުގެ އިގުތިޞާދީ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރަން މިދިޔަ ސަރުކާރުން ވެސް ނިންމިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫންގެ ޒާމަތުގައި ވެސް އެ ގޮނޑިތަކަށް ރާއްޖޭން ވާދަކޮށް، ނާކާމިޔާބުވެފައިވެއެވެ.

comment ކޮމެންޓް