ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަކޮށްފި

ހުޅުމާލޭ ޕެޓްރޯލް ސެޑުން ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާ ގުޅިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯއިން ވަނީ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކުރަން ނިންމާފައެވެ.

އަގަށް ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ، 14.33 ރުފިޔާއަށެވެ. އަދި ޑީސެލް ވިއްކީ 14.62 ރުފިޔާއަށެވެ.

މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރ. އަށް ލިބޭނެއެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގުތަކަށް ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ ފަހަރު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 0.40 ލާރި އަދި ޑީސަލް ލީޓަރަކުން 0.45 ލާރި އަގުހެޔޮކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ އެކު އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ވެސް އޭގެ ހެޔޮ ބަދަލު ގެނެއެވެ.

comment ކޮމެންޓް