ޕްރޮމޯޝަންގެ ދަށުން އެންމެ ފުރަތަމަ މަހު ގަންނަ ޕްރިމިއަމްއިން 50 ޕަސެންޓު އެލައިޑުން ދައްކާ ގޮތަށް, 'އެލައިޑް ލައިފް'ގެ ނަމުގައި ޕްރޮމޯޝަނެއް މިއަދު ލޯންޗުކޮށްފިއެވެ.
އެ ޕްރޮމޯޝަނާ ގުޅުން ހުރި މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާން ވިދާޅުވީ، މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އެލައިޑް ލައިފް އިންޝުއަރެންސް ޕްލޭން އެންމެ ފުރަތަމަ ގަންނަ 50 ކަސްޓަމަރުންނަށް ކަމަށާއި އެހިސާބުން ޕްރޮމޯޝަން ނިމޭނެ ކަމަށެވެ.
އެ ޕްރޮމޯޝަންގެ ތެރެއިން ލައިފް އިންޝުއަރެންސެއް ނުވަތަ އިންޝުއަރެންސް ޕޮލިސީއެއް ނަގާއިރު، މަހުން މަހަށް ނުވަތަ ތިން މަހުން ދައްކާ ގޮތަށް ނުވަތަ އަހަރަކު އެއްފަހަރު ޕޮލިސީގެ ޕްރިމިއަމް ނަގާ ގޮތަށް ހަމަޖެއްސޭނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
އަޅުގަނޑުމެން މި ހުށަހަޅާ ޕްރޮމޯޝަންގައި މި އޮންނަނީ ފުރަތަމަ މަސް ދުވަހު އެ ދައްކަން ޖެހޭ އިންޝުއަރެންސް ޕްރިމިއަމްއަށްވާ އަދަދުގެ 50 އިންސައްތަ އަޅުގަނޑުމެން ކުންފުނީގެ ފަރާތުން ދައްކައިދޭނަމޭ. ބާކީ 50 އިންސައްތައޭ އެ ޕޮލިސީ ނަންގަވާ ފަރާތެއް ދައްކަވަން ޖެހޭނީއެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާން
މީގެއިތުރުން، ލައިފް އިންޝުއަރެންސް ޕޮލިސީ ނަގާ ބައިވަރު މަގުސަދުތައް ހުންނަކަން ފާހަގަކުރައްވައި، ފިރުޝާން ވިދާޅުވީ، އޭގެތެރެއިން އެންމެ މުހިންމު މަގުސަދަކީ އެމީހަކު ނެތް ދުނިޔެެއެއްގައި އެމީހެއްގެ އާއިލާއާއި ބަލަން ޖެހޭ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ދޫކޮށްލާފައި ދިޔުން ކަމަށެވެ.
އަދި، މި ޕޮލިސީއާއެކީ ސޭވިން ޕްލޭނެއް ވެސް ހެދިދާނެ ކަމަށާއި ބޭންކު އެކައުންޓެއްގައި ސޭވް ކުރުމާއި ލައިފް ޕޮލިސީއެއްގައި ސޭވް ކުރުން ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.
މިސާލަކަށް ދަންނަވާ ކަމަށް ވެއްޖިއްޔާ އަޅުގަނޑު ދެ ލައްކަ ނުވަތަ ތިން ލައްކަ ރުފިޔާގެ ޕޮލިސީއެއް ނަގާފައި، ފައްޓާ ތަނުން ދެ އަހަރު ތެރޭ އަޅުގަނޑު ނިޔާވީ. ދިހަ އަހަރުގެ ޕްލޭނެއެއްގައި ދެ އަހަރު ތެރޭ އެމީހަކު މަރުވެއްޖިއްޔާ ބޭންކު އެކައުންޓެއްގައި އިންނާނީ ދެ އަހަރު ތެރޭ ޖަމާކުރެވުނު އަދަދަކާއި އޭގެ ފައިދާ. އެހެންނަމަވެސް، ލައިފް ޕޮލިސީއެއް ނަންގަވާ ކަމަށް ވެއްޖިއްޔާމުން ދިހަ އަހަރު ޕޮލިސީއެއްގައި ދެ އަހަރު ތެރޭ އެމީހަކު ނިޔާވި ކަމަށް ވިޔަސް އެއްކަލަ ތިން ލައްކަ ރުފިޔާ އެމީހެއްގެ އާއިލާއަށް ލިބިގެންދާނެއެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާން
އޭގެއިތުރުން، އެ ޕްރޮމޯޝަނާ ގުޅުވައި އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މި މަހުގެ 13ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކަމަށް ހޭލުންތެރިކޮށް، މައުލޫމާތު ދިނުމަށް 'އެލައިޑް ފެސްޓް'ގެ ނަމުގައި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަަމަށް އެލައިޑްގެ މާކެޓިން މެނޭޖަރު އައިޝަތު ސުދާ ވިދާޅުވެފައިވެއެވެ.
މި ފެސްޓުގައި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެސެސްމަންޓު ހެދުމާއި ކުދަކުދިންނަށް ޚާއްސަ ގޭމުތަކުގެ އިތުރުން ފުޑް ސްޓޯލްތައް ހުންނާނެ ކަން ސުދާ ވަނީ ފާހަގަކުރައްވާފައެވެ.