އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި-- ފޮޓޯ: ދިރާގު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޯހޯސްޓް ކުރާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ހަތް ވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފިއެވެ.

މި އިވެންޓް ކުރިއަށް ދާނީ ޖުލައި މަހު ނުވަވަނަ ދުވަހުން ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ ރިސޯޓުގައެވެ.

މިއީ ކުރިއަށް އޮތް ރޫޓް ޑިވެލޮޕްމަންޓާއި އެއާ ސާވިސްގެ އިސްނެގުމުގައި އެއްބާރުލުން ދިނުމަށް އެއާލައިންތަކާއި، ޓޫރިޒަމް ބޯޑުތަކާއި، އޭވިއޭޝަން އޮތޯރިޓީތަކާއި އޭވިއޭޝަން ސަޕްލައި ކުރާ ފަރާތްތައް އަދި އެއާޕޯޓްތަކުގެ 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ހާއްސަ ޖަލްސާއެކެވެ.

ދިރާގުގެ ޗީފް ކޮމާޝިއަލް އޮފިސަރު ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އިންތިޒާރުކުރަނީ މަންދޫބުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކޮށް، އެއްވެސް ދަތިކަމެއް ނެތި ގުޅުން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ކޮންގްރެސްއަށް ހައިސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ މަންދޫބުން އެބޭފުޅުންގެ ދަތުރުފުޅުގައި ގުޅިފައިވާކަން ކަށަވަރުކޮށްދިނުމުގައި ދީރާގުގެ ދީލަތި އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

ދިރާގު އަބަދުވެސް ފާހަގަކުރެވެނީ ރާއްޖޭގެ ކުޅިވަރުތައް އަދި ރިކްރިއޭޝަން ކޮމިއުނިޓީތައް ހަރުދަނާކޮށް، އާ ފުރުސަތުތައް ލިބޭ އިވެންޓްތަކަށް އެހީތެރިވާ ކުންފުންޏެއްގެ ގޮތުގައެވެ.

comment ކޮމެންޓް