ވިލިމާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި

ގެއްލިގެން ހޯދަމުން އަންނަ ޒޯޔާ --

އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމަށް ޓަކައި ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ ކަމަށެވެ. އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވިލިމާލޭ، ނާލިސް ނަމަކަށް ކިޔާ ގެއެއްގައެވެ.

ފުލުހުން ބުނީ އާއިލާއިން އެ ކުއްޖާގެ ޚަބަރެއް ނުގެން ރިޕޯޓުކުރުމުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންމެފަހުން ޒޯޔާ ފެނިފައިވަނީ މީގެ ހަތަރު ދުވަސްކުރިން މި މަހުގެ 21ވަަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުންވަނީ އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ވިލިމާލެ ޕޮލިސްގެ ނަންބަރު 9790083 ނުވަތަ ޕޮލިސްޓް ހޮޓްލައިން 3322111 އަށް ގުޅުމަށް އެދިފައެވެ.

މީހުން ގެއްލިގެން ދޭތެރެދޭތެރެއިން ރިޕޯޓުކުރެއެވެ. ނަމަވެސް ހޯދަން އިއުލާނުކުރާ ހިސާބުން އެ މީހުން ފެނެއެވެ.

comment ކޮމެންޓް