13 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުވާ 27 އަހަރުގެ މީހާ ހައްޔަރުކޮށްފި

ޖޫން 29، 2020: ރޭޕާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން އެންމެ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ ބޮޑު ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މި މަހު 19 ގައެވެ. މިއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައެއް ކަމުން ހާދިސާ ހިނގި ރަށާއި އަތޮޅު ވެސް ވަނީ ސިއްރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، 13 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާ ސިއްރުކުރުމުގެ ގޮތުން ހައްޔަރުކުރި މީހާއާ ގުޅޭ މާ ބޮޑު ތަފުސީލެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/192364

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މީގެ ކުރިން ބުނީ، ކުޑަކުދިންނާ ގުޅުންހުރި މި ފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވޭތުވެދިޔަ ހަ އަހަރު ތެރޭ ޖިންސީ ކުށުގެ މައްސަލަތަކުގެ 2،169 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ހާމަކޮށްފައެވެ.

މިގޮތުން، މިދިޔަ އަހަރު ވެސް 234 ޖިންސީ ކުށުގެ މައްސަލަ ހުށަހަަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުންޏެވެ.

comment ކޮމެންޓް