އުތުރުގެ ރަށަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެ

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އުތުރު ރަށަކުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ނ، ރ، ބ، ޅ, ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ މި މަހުގެ 19 ވަނަ ދުވަހު ފުލުހަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މި މައްސަލަ އާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ވޭތުވެދިޔަ ހަ އަހަރުތެރޭ ޖިންސީ ކުށުގެ މައްސަލަތަކުގެ 2،169 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ހާމަކޮށްފައެވެ.

މިގޮތުން މިދިޔަ އަހަރުވެސް 234 ޖިންސީ ކުށުގެ މައްސަލަ ހުށަހަަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިން ބުންޏެވެ.

comment ކޮމެންޓް