ދައުރުވާ ނުރައްކާތެރި ޑްރަގް "ޗައިނާ ވައިޓް"، ހަގީގަތް އެނގޭ މީހަކު ކައިރި ނުވާނެ!

26 ނޮވެމްބަރ 2020: މަސްތުވާތަކެތީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ވެރިރަށް މާލޭގައި، މަސްތުގެ "އައްޑާ"ތައް ދަނީ ގިނަވަމުންނެވެ. އެތަންތަނަކީ ސިއްރިއްޔާތުގައި މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަނެވެ. އެކަމަކު އެއީ އެންމެންނަށް އިނގޭ ބޮޑު ސިއްރެކެވެ. މިކަން ހުއްޓުވުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ސަން ޓީމު ބައިވެރިކުރުމުން، ފެނިގެން ދިޔައީ އެތަންތަނުގެ ތެރޭގައި ޒުވާނުން މަސްތުވެ، ބިއްޖެހިފައިވާ މަންޒަރެވެ. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދާދި ފަހުން ވަނީ ރާއްޖޭގައި ގޮތްނޭންގޭ ކުއްލި ތިން މަރެއް ހިނގާފައެވެ. މި މަރުތަކުގެ ހަގީގަތް ނޭންގިގެން އުޅެނިކޮށް، ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ "ފެންޓަނީލް - ލޭސްޑް ޑްރަގްސް" ނުވަތަ އާންމު ނަމުންނަމަ "ޗައިނާ ވައިޓް" ރާއްޖޭގައި އިތުރުވެ، އެކަމަށް ސަމާލުވުމަށް ހޯމް މިނިސްޓްރީން އިލްތިމާސް ކުރީ އިއްޔެއެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޝިދު އިއްޔެ ވިދާޅުވީ މި ބާވަތުގެ މަސްތުވާތަކެތި މާލޭގައި ބޭނުންކުރާކަން ހިއްސާކުރީ އެންޑީއޭގެ ފަރުވާ ހޯދަމުން އަންނަ އަދި މި ވަގުތު ވެސް ވަބާގެ ތެރޭ އުޅޭ ބައެއް މީހުން ކަމަށެވެ. އަދި މި ފަހުން ކުއްލި ދެ މަރެއް ވެސް ފެންމަތިވިއިރު އެ ދެ މަރަކީ މި ޑުރަގާ ގުޅުންހުރި ދެ މަރުކަން އަދި ކަށަވަރު ނުވާކަމަށާއި އެ ކަން ޔަގީންވާނީ ފުލުހުންގެ ފަރާތުން ހަދާ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާތައް ލިބުމުން ކަމަށް ރާޝިދު ވިދާޅުވިއެވެ.

https://sun.mv/192359

މި ހިސާބުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނީ "ޗައިނާ ވައިޓް"ގެ ހަގީގަތާ މެދުކަން ޔަގީނެވެ.

ޗައިނާ ވައިޓް އަކީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓަނީލްއާ އެއްގޮތް، އަލްފާ މެތިފެންޓަލީން ނަމަކަސް ކިޔާ ޑްރަގެކެވެ. ބަލާބެލުމަށް ރާއްޖޭގައި ގިނަ ބަޔަކު ބޭނުން ކުރާ ހުދު ފައުޑަރަކާ އެއްގޮތެވެ. ނަމަވެސް، މިއީ ހިރޮއިން އަށް ވުރެ ވެސް ބާރު ގަދަ ބާވަތެކެވެ. ފެންޓަލީން އާ އަޅާބަލާއިރު މި ބަވަތުގެ މަސްތުވާ ތަކެއްޗަކީ ތިން ގުނަ ބާރުގަދަ ބާވަތެކެވެ. އަދި ބާރުގަދަ ބޭހެއްގެ ގޮތުގައި ބޭނުންކުރާ މޯފިންއަށް ވުރެ ޗައިނާ ވައިޓް 900 ގުނަ ބާރު ގަދައެވެ. އެހެންކަމުން ޗައިނާ ވައިޓުގެ ސަބަބުން ފަސޭހައިން އޯވަޑީޒް ވާން މެދުވެރިވެއެވެ.

https://sun.mv/192366

ޗައިނާ ވައިޓުގައި އެކުލެވޭ ނުރައްކާތެރި ބާވަތްތަކުގެ ތެރޭގައި މީތައިލް ހިމެނެއެވެ. މި މާއްދާގެ ސަބަބުން ހަށިގަނޑުގައި މި ބާވަތުގެ މަސްތުވާ ތަކެތީގެ އަސަރު ގިނަ އިރު ހުރެއެވެ. މިއީ އަވަހަށް ދެވިހިފާ އެއްޗެކެވެ.

ހަށިގަނޑަށް އެތެރެކުރާތާ ދެތިން ގަޑިއިރު ތެރޭ މި ޑްރަގުގެ އަސަރު ކުރަން ފަށައެވެ. މަސްތުގެ ހާލަތުގައި މީހާ ހުންނައިރު، ޗައިނާ ވައިޓުގެ ސަބަބުން މީހާއަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހޮޑުލުމާއި، މޭނުބައި ކުރުމާއި ބޮލަށް އެނބުރުން އެރުންފަދަ ކަންކަން ހިމެނެއެވެ.

ޗައިނާ ވައިޓް ބޭނުންކޮށްގެން އޯވަޑޯޒް ވުމުގެ ސަބަބުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ފިނިވުމާއި، ކޯމާއަށް ދިއުމާއި، ވިހަވުން އަދި ދިފާއި ނިޒާމު ފެއިލްވުމުގެ ސަބަބުން މަރުވުން ހިމެނެއެވެ.

ސިންތެޓިކް އޮޕިއޮޑް ޑްރަގްތަކަށް ދޭ ފަރުވާ ރާއްޖޭގައި ހުރެއެވެ. އެގޮތުން މެތަޑޯނާއި ބުޕްރެނޯފިން، މި ދެ ބޭހަކީ އޮޕިއޮޑް ބޭނުންކުރުމުގެ ބައްޔަށް ދޭ ފަރުވާގައި ހިމެނޭ ދެ ބޭހެވެ.

ރާއްޖޭގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މާހިރުން ލަފާކުރާ ގޮތުގައި މިދިޔަ އަހަރުބން ފެށިގެން ރާއްޖޭގައި ޗައިނާ ވައިޓް ވަނީ ބޭނުން ކުރަން ފަށާފައެވެ.

comment ކޮމެންޓް