އައިޔޫއެމް ޕްރޮފެސަރުގެ އާއިލާ ޣައްޒާއިން ނެރެ، ރާއްޖެ ގެނެސްފި

އައިޔޫއެމްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ސަލާމަތްކަމާއެކު ޣައްޒާއިން ނެރެ މިއަދު ރާއްޖެ ގެނެސްފައި-- ފޮޓޯ/ އައިއޭސީ

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ސަލާމަތްކަމާއެކު ޣައްޒާއިން ނެރެ މިއަދު ރާއްޖެ ގެނެސްފިއެވެ.

ކުރްދީ ވަނީ އޭނާގެ އާއިލާ ޣައްޒާއިން ސަލާމަތްކޮށްދިނުމަށް ފައިސާގެ އެހީއަށް މީގެ ކުރިން އެދިފައެވެ. އޭނާ އެހީއަށް އެދިފައި ވަނީ މާޗު މަހުގެ 31ގައެވެ.

އެއާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން އެ ފައިސާ ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމަޖައްސައިދީފައެވެ.

އައިޔޫއެމްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ސަލާމަތްކަމާއެކު ޣައްޒާއިން ނެރެ މިއަދު ރާއްޖެ ގެނެސްފައި-- ފޮޓޯ/ އައިއޭސީ

އައިއޭސީން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ކުރްދީގެ އާއިލާ ޣައްޒާއިން ނެރުމަށް ކުރި މަސައްކަތް ކާމިޔާބުވެ، މިއަދު އެ އާއިލާ ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ އެހީއާއިއެކު މި އާއިލާ ރައްކާތެރިކަމާއިއެކު ރާއްޖޭ ގެނެވުމަކީ އަޅުގަނޑުމެން އެކަމާ ވަރަށް އުފާކުރާކަމެއް،" އައިއޭސީން ބުންޏެވެ.

މިއަދު މި އާއިލާ ރާއްޖެ އާއިރު އައިއޭސީގެ ޓީމުން ވަނީ އާއިލާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އާއިލާއަށް މަރުހަބާ ކިޔުމަށް އައިޔޫއެމްގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.

އައިއޭސީން ވަނީ މި އާއިލާ ރާއްޖެއަށް ގެނައުމުގައި ދިމާވި ބޮޑެތި ހުރަސްތަކުގައި ރާއްޖޭގެ އިމިގްރޭޝަނުން ވެދިން އަވަސް އެހީތަކަށް ޝުކުރުދަންނަވާފައެވެ.

އައިޔޫއެމްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ސަލާމަތްކަމާއެކު ޣައްޒާއިން ނެރެ މިއަދު ރާއްޖެ ގެނެސްފައި-- ފޮޓޯ/ އައިއޭސީ

"އިންސާނީ އެހީގެ މަސައްކަތުގައި އައިއޭސީއާއި އެކު އަބަދުވެސް ބާއްވާ ގާތް ގުޅުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އައިއޭސީން ބުންޏެވެ.

ޑރ. ކުރްދީއަކީ އައިޔޫއެމްގައި އަރަބި ބަސް ކިޔަވައިދޭ ޕްރޮފެސަރެކެވެ. ޣައްޒާ ހަނގުރާމަ ފެށި މުޅި އޭނާގެ އާއިލާ ހާލުގައި ޖެހިފައިވާއިރު ރާއްޖެ އައުމުގެ ކުރިން އެ އެންމެން ދިރިއުޅެމުން ދިޔައީ އިޒްރާއިލުން އެންމެ ފަހުން ހަމަލާތައް ދެމުން އަންނަ ރަފަހް ސަރަހައްދުގައެވެ.

https://sun.mv/190663

ޑރ. ކުރްދީގެ އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެކެވެ. ދެ އަންހެން ކުދިންގެ އިތުރުން ދެ ފިރިހެން ކުދިން ވެސް އެދެމަފިރިންގެ ހުރެއެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅަކީ އެނެސްތީސިއާ އާއި އިންޓެންސިވް ކެއާގެ ދާއިރާއިން ކިޔަވަމުން އަންނަ ކުއްޖެކެވެ.

އެ އާއިލާގެ ގެދޮރު ވެސް ހަލާކުވީ ހަމަލާތަކުގައި ބޮން އަޅައިގެންނެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ހަމާސް ނައްތައިލުމަށް ކަމަށްބުނެ އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 35،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެންނުނެވެ.

comment ކޮމެންޓް