ހުޅުމާލޭގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލެ މަގެއް މަތި: ހުޅުމާލޭގެ މަގެއްގައި ބިދޭސީއަކު ވަނީ ދިވެއްސަކަށް ހަމަލާދީފައި --

ހުޅުމާލޭގައި މިއަދު ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މިއަދު ހަވީރު އެ ހަމަލާ ދީފައި ވަނީ ލަންސިމޫ މަގުގައި ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

"އަނިޔާވެފައިވަނީ އަތަށް ކަމަށާއި ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ބިދޭސީ މީހާ ހައްޔަރުކޮށް ތަހުގީގެއް ފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީން ކުށަށް އަރައިގަންނަ މައްސަލަ ހައްލު ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ހޯމް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެގޮތުން ޖިނާއީ ކުށް ކުރާ ބިދޭސީން 48 ގަޑިއިރު ތެރޭ ޑީޕޯޓް ކުރާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ދީފައިވެއެވެ.

comment ކޮމެންޓް