އިންޑިއާގެ ހިމާލިޔާގެ އަވަށެއްގައި ވޯޓުލާން ޝަރުތު ހަމަވަނީ އެންމެ 5 މީހުން

އިންޑިއާގެ ހިމާލިޔާގެ ވާޝީ އަވަށުން ވޯޓުލީ 75 އަހަރުގެ ލެޒްބާން ޝެރާބްއާއި 85 އަހަރުގެ ޕުޝްތޮންގް ލަމާއޯ. ފޮޓޯ/ރޮއިޓާސް

އިންޑިއާގެ ހިމާލިޔާގެ ދުރު އަވަށެއް ކަމަށްވާ ވާސީ ގައި ވޯޓުލާން ޝަރުތު ހަމަވަނީ އެއް ގެއެއްގެ އެންމެ ފަސް މީހުން ކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެ މީހުން ވޯޓުލުމަށް އެ އަވަށުގައި ވޯޓު ފޮށި ބަހައްޓައިފައި ވަނީ ކަމާބެހޭ އޮފިޝަލުން ހަތް ގަޑިއިރުގެ ދަތުރެއް ކުރުމަށްފަހުއެވެ.

އޮފިޝަލުން ވަނީ ވޯޓުލުމުގެ ސާމާނު ހިފައިގެން ހިމާލިޔާގެ ވެރިރަށް ލެހް އިން ބަހަކަށް އަރައި 180 ކިލޯމީޓަރުގެ ދަތުރެއްކޮށް ވަޝީއަށް ގޮސްފައެވެ.

ވާޝީގައި ވޯޓުލުމަށް ޝަރުތު ހަމަވާ ފަސް މީހުންނަނީ 23 އަހަރުގެ ރިންޗެން އާއި އޭނާގެ މައިންބަފައިން އަދި އޭނާގެ މާމައާއި ކާފައެވެ.

އިންޑިއާގެ އެންމެ ދިގު ގަނޑުފެންގަނޑު ކަމަށްވާ، ސިއާޗަން ގްލޭޝިއާއާ ގާތްގަޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ ވާޝީ އަކީ އެއްގަމު މަގުން ދަތުރު ކުރެވޭ ތަނެއް ނަމަވެސް ކަރަންޓާއި ސިއްހީ ފަރުވާ އަދި އިންޓަނެޓް ފަދަ ވަސީލަތްތައް ނެތް އަވަށެކެވެ.

"މި ސަރަހައްދަކީ ތަފާތު ސަރަހައްދަކަށް ވަނީ ސަރުކާރުން އެންމެ ގެއަކަށް ވޯޓު ފޮށި ބަހައްޓާފައި ވާތީ،" އިލެކްޝަންސް އޮފިސަރު ޕަންޗޮކް ސްތުބްދާން ވިދާޅުވިއެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލާން ފެށީ އޭޕްރީލް 19 ވަނަ ދުވަހުއެވެ. ހަތް ފިޔަވައްސަކަށް ބަހައިލައިގެން ކުރިއަށްގެންދާ ވޯޓުލުން ނިމޭނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހެވެ.

ވޯޓު ގުނަން ފަށަން ހަމަޖެހިފައި ވަނީ ޖޫން ހަތަރުވަނަ ދުވަހެވެ. އެ އިންތިޚާބުގެ ފަސް ވަނަ ފިޔަވަހީގެ ވޯޓުލުން އޮތީ އަންނަ ހަފްތާ ހޯމަ ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް