ހަތަރު މީހުންނާއެކު ދަތުރުކުރި ދޯނި ހޯދައިފި

ގެއްލިގެން ހޯދި އޭއޭއޭ-37 ނަމަކަށް ކިޔާ ދޯނި

ހަތަރު މީހުންނާއެކު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި އެމްއެންޑީއެފުން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އޭއޭއޭ-37 ނަމަކަށް ކިޔާ މި ދޯންޏާ މިހާރު ގުޅިފައި ވާކަމަށެވެ. އަދި ކޯސްޓްގާޑް ޝަހީދު އަލީ އެ ދޯންޏާ ދިމާލަށް ދުއްވަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.

އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް ލިބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:20 ހާއިރެވެ. އެއާއެކު ދޯނި ހޯދަން ކުރި މަސައްކަތުން 10760 އަކަ ނޯޓިކަލް މޭލު ބަލައިފި އެމްއެންޑީއެފުން ބެލިއެވެ.

މުދާ އުފުލާ މި ދޯނި، ތިލަފުށިން ފުރާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 ހާއިރެވެ. މި ދޯނިން ދަތުރުކުރީ ބަނގްލަދޭޝް ތިން މީހުންނާއި ދިވެއްސެކެވެ.

މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އަދި، މިއީ ސްކޫލު ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ދަތުރު ކުރާތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް