ސިހުރުގެ ތުހުމަތުގައި ފުނަދޫން ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 10 ދުވަސް

މަމްދޫހަށް ސިހުރު ހަދަން އުޅުނު ކަމަށް ތުހުމަތުވާ މީހާއާ ދެކޮޅަށް ޝުއޫރު ފާޅުކުރަނީ --

ނިމުނު މަޖިލިސް އިންތިޚާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިންތިޚާބީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ)އަށް ސިހުރު ހަދަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން އިއްޔެ އިތުރު 10 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ށ. ފުނަދޫގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އުމުރުން 60 އަހަރުގެ މީހަކު ހައްޔަރު ކުރީ މިމަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަސް ޖަހައިފައެވެ.

މިއަދު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އެ މީހާގެ މައްޗަށް އިތުރު 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުނަދޫން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ ސިހުރު ހަދާފައިވަނީ ރަށުގެ އެކި ހިސާބުތަކުގައި ހުރި ބިޔަ ގަސްތަކަށް ކަމަށެވެ. އޭނާ ބުނީ ތުހުމަތު ކުރެވޭ މީހާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކޯޓު ދޮށުގައި އޭނާއާ ދެކޮޅަށް ރައްޔިތުން ނުރުހުން ފާޅުކުރި ކަމަށެވެ.

https://sun.mv/191534

އޭނާ ސިހުރު ހަދަން ބޭނުންކުރި ކަމަށް ބެލެވޭ ބައެއް ސާމާނުގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ފުނަދޫ ގޮނޑި މަމްދޫހު ކާމިޔާބުކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ މެންބަރު އިލްހާމް އަހުމަދަށް ވުރު 1،100 ވޯޓުގެ ތަފާތުންނެވެ. މަމްދޫހު ވަނީ 1486 ވޯޓު ހޯއްދަވައިފައެވެ.

comment ކޮމެންޓް