އަވަަހަށް ބިން ދޫކުރަން ލާޒިމުވާ ބިލު ރައީސް ތަސްދީގު ނުކުރެއްވި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން: -- ސަން ފޮޓޯ/ މާހިލް އާތިފް

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ގޯތިތައް ކި މުއްދަތެއްގެ ތެރޭ އަަވަހަށް ދޫކުރަން ލާޒިމުވާ ގޮތަށް ބިމާބެހޭ ޤާނޫނަށް ގެނައި ނުވަވަނަ އިޞްލާޙުގެ ބިލު ތަސްދީގު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މިއަދު ފޮނުއްވައިލައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ބިލު އަލުން ފޮނުވާލީ އެ ބިލުގައި ހިމެނޭ ކަންކަމާމެދު މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ކަމަށެވެ. އަލުން މަޖިލީހަށް ފޮނުވާލިއިރު 19ވަނަ މަޖިލީހުގެ ދައުރު މިހާރު ވަނީ ނިމިފައެވެ.

ދެން އެ ކަމުގައި ގޮތް ނިންމާނީ އަލަށް ހުވާ ކުރާ މެމްބަރުންނެވެ.

މި ބިލަކީ މިދިޔަމަހު 29 ވަނަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކޮށް މި މަހުގެ ދެވަނަ ދުވަހުގައި ރައީސް އޮފީހަށް ތަސްދީޤުކުރުމަށް އެދި ފޮނުވައިފައިވާ ބިލެކެވެ.

comment ކޮމެންޓް