އެކްސިޑެންޓެއްގައި އަނިޔާވި 36 އަހަރުގެ މީހަކު މަރުވެއްޖެ

ހުޅުމާލެ ސްކޭޓު ޕާކް ކުރިމަތީ އޮންނަ ހުސްބިން -- ސަން ފޮޓޯ

މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދެމުން އައި ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހެވެ. ހާދިސާ ހިނގީ ހުޅުމާލެ ނިރޮޅުމަގުގައި އެމްޑަބްލިއުއެސްސީ ކައިރިންނެވެ. މި އެކްސިޑެންޓުގައި އަނިޔާވީ 36 އަހަރުގެ ފިރިހެނެކެވެ.

އެ އެކްސިޑެންޓު ހިނގުމާއެކު އޭނާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އެއާއެކު އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ މަރުވެފައިވަނީ އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށް ހޯމަ ދުވަހުގެ 00:50 އެހާކަށްހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސްިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުުހުން ބުންޏެވެ.

ބާރު ސްޕީޑުގައި ދުއްވައިގެން ހިނގާ އެކްސިޑެންޓުތައް މި ފަހުން ވަރަށް ބޮޑަށް ވަނީ އިތުުރުވެފައެވެ. އެ ފަދަ އެކްސިޑެންޓުތައް ނިމިދިޔަ ހަފުތާގެ ތެރޭގައި ވެސް ހިނގައިފައިވާއިރު، އެކިވަރުގެ ސީރިއަސް އަނިޔާތައް ވެސް އޭގައި ހިމެނޭ މީހުންނަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް