އަށް ސަފީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ރުހުން ލިބުނު އަށް ސަފީރުން --

ރާއްޖެއިން އެކި ގައުމުތަކަށާއި، ބައިނަލްއަގްވާމީ އިދާރާތަކަށް ކަނޑައަޅަން، ސަރުކާރުން ރައްޔިތުންގެ މަޖީލަހަށް ފޮނުވި އަށް ސަފީރުންގެ ނަން ފާސްކޮށް ރުހުން ދީފިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ ގިނަ ސަފީރުންތަކަކަށް ރުހުން ދީފައެވެ. އެއީ:

  • ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް (މުންދު)
  • އދ.ގެ ދާއިމީ މަންދޫބުކަމަށް ޑރ. އަލީ ނަސީރު
  • ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
  • ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް މަސްއޫދު އިމާދު
  • ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ
  • ރާއްޖެއިން ބެލްޖިއަމަށާއި، ޔޫރޮޕިއަން ޔޫނިއަން ސަފީރުކަމަށް ގީލާ އަލީ
  • ރާއްޖެއިން ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުކަމަށް ޑރ. ސަލްމާ ރަޝީދު
  • ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް މުޙައްމަދު ލުވެއިޒް

މީގެ އިތުރުން ވެސް މިއަދުވަނީ އިތުރު ބައެއް ބިލުތަކަށް ޥޯޓަށް އަހައިފައެވެ. އާ ސަރުކާރުން ވެރިކަމާ ހަވާލުވެ މަގާމުތަކަށް ގެންދަވަނީ ބޭފުޅުން އައްޔަންކުރަމުންނެވެ.

comment ކޮމެންޓް