ފްލްޓްތައް ނިމެންވާއިރަށް ފްލެޓް ކޮމިޓީގެ މަސައްކަތް ނިންމާނެ: ސަރުކާރު

28 އެޕްރީލް 2024: ރައީސް އޮފީހުގެ އާ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނިމެންވާއިރަށް، ފްލެޓްތަކާ ގުޅުން ހުރި މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތްތައް ނިންމާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އާ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ ޕްލެޓް ކޮމިޓީގެ މަސައްކަތް ވަރަށް ވާރަށް ކުރަމުން އަންނަ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ފެލްޓްތައް ހަވާލުކުރެވުން ކަމަށެވެ.

ފްލެޓްތަކުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކޮށް ހީނާ ވިދާޅުވީ ފްލެޓްތައް އިމާރާތްކޮށް ނިމެންވާއިރަށް ކޮމިޓީގެ މަސައްކަތްތައް ނިންމޭނެ ކަމަށެވެ.

"އޭސީސީން ހުށަހަޅާފަ ހުރި ކަންތަކުގެ ތެރޭގައި ވަރަށް ބައިވަރު ކަންކަން ފާހަގަކުރެވުނު. ފެލްޓަކުގަ މަސައްކަތްތަކެއް އަދި ނުނިމޭ އެހެން ނަމަވެސް ފްލެޓްތައް ނިމެންވާއިރަށް މި އުންމީދު ކުރަނީ ފްލެޓް ކޮމިޓީގެ ޑިސިޝަންތައް ނިމި އޭގެ ހައްގުވެރި ފަރާތްތަކަށް އެ ހަވާލު ކުރެވިގެން ދާނެ ކަމަށް" ހީނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.

އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މި މަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

https://sun.mv/191356

ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދިން ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް