އިންތިޚާބުގެ ތެރެއިން ހައްޔަރުކުރި 3 މީހުން ވެސް ދޫކޮށްލައިފި

ފުލުހުންތަކެއް: މިއަދު އިންތިޚާބާ ގުޅިގެން ހައްޔަރުކުރި އެންމެން މިހާރު ވަނީ ދޫކޮށްލާފައި --

މަޖިލިސް އިންތިޚާބު ކުރިއަށްދަނިކޮށް ހަމަނުޖެހުން ހިންގައިގެން މިއަދު ހައްޔަރުކުރި 3 މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިޚާބު މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ކުރިއަށްދިޔައިރު، ހަމަނުޖެހުން ހިންގައިގެން ޖުމުލަ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންތިޚާބާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އިންތިޚާބާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެކަކު ހައްޔަރުކުރީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިންނެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ގދ. ފިޔޯރީން ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލާ ވޯޓުލުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

ނަމަވެސް ޖުމްލަ ގޮތެއްގައި މާ ބޮޑު މައްސަލަތަކެއް އޭގެ އިތުރުން އެހެން ތަންތަނުގައި ފާހަގަވެފައި ނުވެއެވެ.

އަމާންކަމާ އެކު ދިޔަ މިއަދުގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ންނެވެ.

comment ކޮމެންޓް