ދެ ލައްކައަށް ވުރެ ގިނަ އެކައުންޓް އެކްސްއިން ސަސްޕެންޑުކޮށްފި

ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓްގެ ދެވަނައިގައި ސާބިތުވެ މިވަގުތުހުންނެވި އެލޮން މަސްކް --

އީލޯން މަސްކްގެ އެކްސްއިން އެ ޕްލެޓްފޯމްގެ ސިޔާސަތުތަކާ ޚިލާފުވެގެން އިންޑިއާއަށް ނިސްބަތްވާ ދެ ލައްކައަށް ވުރެ ގިނަ އެކައުންޓް މިދިޔަ މާޗު މަހުގެ ތެރޭގައި ސަސްޕެންޑް ކޮށްފިއެވެ.

މަހުޖަނު މަސްކްގެ އެކްސްއިން ބުނީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި، ނަފުރަތު އުފެއްދުމަށް ހިތްވަރުދޭ ކޮންޓެންޓްތަކާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައި، މަހެއްހާ ދުވަހުގެ ތެރޭގައި 212،627 އެކައުންޓެއް މަނާކޮށް، ސަސްޕެންޑްކޮށް ނުވަތަ ޑީއެކްޓިވޭޓް ކޮށްފައިވާނެ ކަމަށެވެ. އަދި އެހުރިހާ އެކައުންޓަކީވެސް އިންޑިއާގައި ހަރަކާތްތެރިވާ ނުވަތަ އެގައުމަށް ނިސްބަތްވާ ޔޫޒަރުންގެ އެކައުންޓްތައް ކަމަށްވެސް އެކުނުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ސައިބަ ސްޕޭސްގެ ތެރޭގައި ޓެރަރިޒަމް ޕްރޮމޯޓްކުރި 1،235 އެކައުންޓެއް ވެސް ނައްތާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އިންޑިއާއިން އެކުލަވާލި އާ އައިޓީ ގަވައިދާ އެއްގޮތަށް އެކްސް އިން ވަނީ އެ ކުންފުނީގެ މަންތްލީ ރިޕޯޓުގައި މި ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވާނެ ކަން ހާމަކޮށްފައެވެ.

އެ ޕްލެޓްފޯމުން އިތުރަށްބުނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި 213،862 އެކައުންޓެއް މަނާކޮށްފައިވާއިރު، ނިމިދިޔަ މާޗްމަހުގެ ތެރޭގައި އެކަނިވެސް އިންޑިއާއަށް ނިސްބަތްވާ، އެކްސްގެ ޔޫޒަރުންގެ ފަރާތުން 5،158 ޝަކުވާ ލިބިފައިވާ ކަމަށާއި އެ ޝަކުވާތަކަށް، ނިޒާމުގެ ތެރެއިން ހައްލު ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން އެކައުންޓް ސަސްޕެންޝަންގެ އިސްތިއުނާފު މައްސަލައާ ގުޅޭ 86 ޝަކުވާއެއް އެ ކުންފުނިން ވަނީ ޕްރޮސެސްކޮށްފައެވެ. އޭގެ ތެރެއިން ހަތް އެކައުންޓްގެ ތަފްސީލްތައް ބެލުމަށް ފަހު، ސަސްޕެންޝަން ބާތިލްކުރިއިރު، ދެން އިތުރަށް ސަސްޕެންޑްކުރި ހުރިހާ އެކައުންޓްތައް އަދިވެސް އޮތީ ސަސްޕެންޑްކޮށްފައި ކަމަށް އެ ޕްލެޓްފޯމުން ބުންޏެވެ.

މި ފިޔަވަޅުތައް އެކްސްއިން ތަންފީޒް ކޮށްފައި މިވަނީ އެކްސްއިން މީގެ ކުރިން ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވެސް އިންޑިއާގައި 506،173 އެކައުންޓެއް މަނާކޮށްފައި ވަނިކޮށެވެ.

comment ކޮމެންޓް