ވީއައިއޭއިން ޑުރަގް ބޭރުކުރުމުގެ މައްސަލައެއްގައި އެމްއޭސީއެލް މުވައްޒަފުންތަކެއް ހައްޔަރަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: އެއާޕޯޓުން އުސޫލުން ބޭރުން ބޭރުކުރަން އުޅުނު ލަގެޖުތަކަކުން ހަތަރު ކިލޯގެ މަސްތުވާތަކެތި ފެނި، އެމްއޭސީއެލް މުވައްޒަފުންތަކެއް ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން 4.5 ކިލޯއަށް ވުރެ ގިނަ ޑްރަގު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ، މާޗު 15ގައި ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުން އުސޫލުން ބޭރުން ބޭރު ކުރަން އުޅުނު ލަގެޖްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި މެތު ހުރި މައްސަލައެއްގައި ޕާކިސްތާން މީހަކާއި އެމްއޭސީއެލްގެ ދެ މުވައްޒަފަކާއި، ދެ ލަގެޖާ ހަވާލުވާން ދިޔަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ބަންދު މުއްދަތު އިތުރު ކުރުމަށް ގެންދިޔުމުން، އެ މައްސަލައިގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ބެލެވޭ އެމްއޭސީއެލް ސީނިއާ މުވައްޒަފު ދޫކޮށްފައިވާ ކަމަށާއި ދޫކޮށްލާފައި ވަނީ ކޮންމެވެސް ވަރަކަށް ހެކި ހުރި ނަމަވެސް ޝަރުތު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ގިނަ މުވައްޒަފުންތަކެއް ހިމެނޭ ކަމަށާއި އެއީ ޖިނާއީ ބޮޑު ތަހުގީގެއްގެ ގޮތުގައި ވަރަށް ސީރިއަސްކޮށް މައްސަލަ ބަލަމުންދާ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރި 46 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފައި ވަނިކޮށް މަސްތުވާތަކެއްޗާ އެކު ލަގެޖް ގެއްލުނު މައްސަލައެއް މީގެ ކުރިން ފެންމަތިވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ.

comment ކޮމެންޓް