އިސްރާއީލުން ހުޅަނގުގެ ބަޔަކު މެރުމުން އެމެރިކާގެ ހަރުކަށި އިންޒާރެއް!

ބައިޑެން

ވޮޝިންޓަން (5 އެޕްރީލް 2024): އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ޣައްޒާގެ އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރި ހުޅަނގުގެ ޚައިރާތު (ޗެރިޓީ) ޖަމާއަތެއްކަމަށްވާ "ވޯލްޑް ސެންޓްރަލް ކިޗެން"ގެ ބަޔަކަށް އިސްރާއީލުން ހަމަލާދީ އޭގެތެރެއިން ހަތް މީހަކު މަރާލި މައްސަލައިގައި އެމެރިކާއިން އިސްރާއީލަށް ހަރުކަށި އިންޒާރެއްދީފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެއްވި މިއިންޒާރުގައި ބައިޑެން ވިދާޅުވެފައިވަނީ އިސްރާއީލުން ހިންގާ އާންމުން މެރުމުގެ ޖަރީމާތައް މިހާރު ހުރީ ޚުދު އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށްވެސް ބަލައިގަނެވޭވަރަށް ވުރެ މާ އަނިޔާވެރިކޮށް ކަމަށާއި އިސްރާއީލާ މެދު ގެންގުޅޭ ދޫދިނުމުގެ ސިޔާސަތު ބަދަލުކުރަން ތައްޔާރުވަމުންދާކަން އިސްރާއީލަށް ތާއީދުކުރާ އެތައް ގައުމަކުން އެމެރިކާއަށް އަންގާފައިވާ ކަމުގައެވެ.

މި އިންޒާރާއެކު ބައިޑެންވަނީ އިސްރާއީލާމެދު އެމެރިކާ ގެންގުޅޭ މައިތިރި ސިޔާސަތުވެސް ބަދަލުކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. އިސްރާއީލުގެ ނޫސްތައް ބުނާގޮތުން ބައިޑެންވަނީ ނަތަންޔާހޫ އާ ފޯނުން ވާހަކަ ދެއްކުމަށްވެސް ދެކޮޅު ހައްދަވާފައެވެ.

އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ޣައްޒާގެ އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރި ހުޅަނގުގެ ޗެރިޓީ ޖަމާއަތުގެ އުޅަނދަކަށް ހަމަލާދީ އެޖަމާއަތުގެ ހަތް މީހަކު މަރާލީ އިސްރާއީލު ކަމަށް ޚުދު އިސްރާއީލުވެސް މިހާރުވަނީ އެއްބަސްވެފައެވެ. އިސްރާއީލުން މިޖަރީމާ ހިންގީ ގަސްދުގައިކަންވެސްވަނީ ފަޅާއަރާފައެވެ.

ހުޅަނގުގެ ޗެރިޓީ ޖަމާއަތުގެ މެންބަރުން މަރާލުމަށް އިސްރާއީލު ދިން ހަމަލާ. މި ހަމަލާގައި އެމީހުން ދަތުުރުކުރި އުޅަނދު ހަލާކުވެފައި

ބައިޑެން މިގޮތަށް އިސްރާއީލަށް އިންޒާރު ދެއްވިނަމަވެސް އެމެރިކާގެ ސިޔާސީ ފަރާތްތަކަށާއި އެމެރިކާގެ މުއައްސަސާތަކުގެ މައްޗަށް ޔަހޫދީ މަހުޖަނުންނާއި ޔަހޫދީ ބޮޑެތި ކުންފުނިތަކާއި ޔަހޫދީ ލޮބީގެ ބާރާއި ނުފޫޒު ގަދަކަމުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އެޅުމަކީ އެމެރިކާގެ އެއްވެސް ރައީސަކަށް އަދި އެމެރިކާގެ އެއްވެސް މުއައްސަސާއަކަށް ކުރަންކެރޭ ވަރުގެ ކަމެއް ނޫންކަމަށާއި މިއީ އިސްރާއީލުން މަރާލި ޗެރިޓީ ޖަމާއަތުގެ ހަތް މީހުންނަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ ދޮން މީހުންކަމަށްވާތީ ރައްޔިތުންގެ ފިއްތުންތައް ބޮޑުވެގެން ބައިޑެން ދެއްވި އިންޒާރެއްކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާގެ އިތުރުން މި ހަތް މީހުން ނިސްބަތްވާ ޔޫރަޕްގެ ގައުމުތަކުންވެސް ވަނީ އިސްރާއީލަށް އަނގަބަހުން މިހާތަނަށް ނުދޭވަރުގެ ހަރުކަށި އިންޒާރުތަކެއް ދީފައެވެ. އިންޒާރު ދިން ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޕޮލެންޑް އަދި ސްޕޭންގެ އިތުރުން ޔޫރަޕާ އެއްގޮތް ސިޔާސަތު ތަކެއް ގެންގުޅޭ ދޮން މީހުންގެ އަޣްލަބިއްޔަތު އޮންނަ އޮސްޓްރޭލިޔާ ވެސް ހިމެނެއެވެ.

އިންޒާރުތައް ދިން ނަމަވެސް މިއިން އެއްވެސް ގައުމަކީ އިސްރާއީލަށް ބޮޑު ގެއްލުމެއްވާފަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިސްރާއީލާ ދެކޮޅަށް އެޅޭވަރަށްވުރެ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނާއި ޔަހޫދީންގެ މާފިޔާތަކުގެ ބާރާއި ނުފޫޒު ގަދަ ގައުމުތަކެކެވެ.

އިސްރާއީލަށް ހަރުކަށި އިންޒާރު ދެއްވުމަށްފަހު އެމެރިކާގެ ރައީސް ވަނީ އިސްރާއީލަށް 18 ބިލިޔަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދިނުމަށް ރުހުން ދެއްވާފައެވެ. މިއީ އިސްރާއީލުގެ ހިމާޔަތާ ގުޅިފައިވާ ކަމެއްގައި އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރަން އެމެރިކާގެ ރައީސަށް ނުކެރޭނެކަމާއި އެއަށްވުރެ އެމެރިކާގައި ޔަހޫދީންގެ ބާރުގަދަކަމުގެ ހެއްކެއްކަން ޚުދު އެމެރިކާގެ ބައެއް ނޫސްތަކުންވެސްވަނީ ހާމަކޮށްފައެވެ.

"ވޯލްޑް ސެންޓްރަލް ކިޗެން"ގެ ހަތް މީހުން މަރާލި މައްސަލާގައި ބައިޑެން އިސްރާއީލަށް ދެއްވި އިންޒާރުގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭކަމަށާއި އެގޮތަށް އަމަލުނުކޮށްފިނަމަ އިސްރާއީލާމެދު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުގެންނަން ޖެހިދާނެކަމަށް ވިދާޅުވެފައިވެއެވެ.

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ގަސްދުގައި ހަމަލާދީ އެތަންތަނުން ބަލިމީހުންނާއި ޑޮކްޓަރުންގެ އެތައް ސަތޭކަ ބަޔަކު މަރައި އެތަންތަން ސުންނާފަތި ކޮށްލިއިރުވެސް އަދި ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ހައިހޫނުކަމުގައި އެމީހުން މަރަމުން ގެންދިޔަ ނަމަވެސް އަދި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގައި 33 ހާހަށް ވުރެ ގިނަ ފަލަސްތީނުގެ އާންމުން ޝަހީދުކޮށްލާފައިވާއިރުވެސް އެމެރިކާގެ ރައީސް އިސްރާއީލަށް މިފަދަ އިންޒާރެއް ދެއްވާފައެއް ނުވެއެވެ.

އެމެރިކާގެ މި އިންޒާރަށްފަހު އިސްރާއީލުގެ ބޮޑުވަޒީރުވަނީ ޣައްޒާއަށް ދޫތަކެއް ދީފައެވެ. މީގެތެރޭގައި ޣައްޒާގެ އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އިތުރު ލުއިތަކެއް ދިނުމަށްޓަކައި އިތުރު ކްރޮސިން ނުވަތަ ގޭޓްވޭއެއް (އެރެންޒް ކްރޮސިން) އަލުން ހުޅުވުމާއި "ވޯލްޑް ސެންޓްރަލް ކިޗެން"ގެ މެންބަރުންނަށް ހަމަލާދިން އިސްރާއީލު ސިފައިންގެ ބައެއް އޮފްސަރުން އެމީހުންގެ މަގާމުތަކުން ދުރުކުރުންފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް