ސަރުކާރަށް މަޖިލިސް ލިބިއްޖެނަމަ ފްލެޓް ލިސްޓު އޮޅާލާނެ: ޞާލިހް

މިރޭގެ ހަރާކާތުގައި ސޯލިހް --- ފޮޓޯ/އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެނަމަ މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ މަޝްރޫގެ ދަށުން ދޫކުރި ފްލެޓް ލިސްޓު 'އޮޅާލާނެ' ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް މިރޭ ވިދާޅުވެއްޖެއެވެ.

ޞާލިޙް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ފަރާތުން މިރޭ ހުޅުމާލެގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންވެ.

އެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިއަދު ވެސް އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ނެތްނަމަ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމިއްލަފުޅު ލިސްޓަކަށް ފްލެޓްތައް ބަހާލައްވާ ނިންމާލާނެ ކަމަށެވެ.

"އެހެން ނޫން ނަމަ، ތިން މަސް ހަތަރު މަސް ވެގެންދާއިރު މިކަން ނުކޮށް ތިބެންވީ އެއްވެސް ސަބަބެއް ނެތް. ވަރަށް ހާމަކަމާއެކު ކޮށް ނިންމާފައި އޮތް ކަމެއް. ފުރަތަމަ ވިދާޅުވީ ކީކޭތޯ އެއްވެސް ބޭފުޅަކަށް ސަރުކާރުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ނަމަ ޝައްކު ނުކުރާށޭ އެ ބޭފުޅަކަށް ފްލެޓާއި ގޯތި ދޭނަމޭ. ހަފުތާއެއް ނުވެ ބަދަލުވެއްޖެ," ޞާލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ހުރިހާ ކަމެއްގެ މަގުސަދަކީ މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ކަމުގެ އުންމީދުގައި ސަރުކާރުން ކުރާ ކަމެއް ކަމަށާއި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ފްލެޓް ލިސްޓު އޮޅާލާނެ ކަމަށެވެ.

"އެހެންވީމަ މި ހުރިހާ ކަމެއް ހުއްޓުވުމަށް ޓަކައި އަޅުގަނޑުމެން ތެދުވަން ޖެހޭ. އަބަދުވެސް އެމްޑީޕީން ތިބޭނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް" އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި ސަރުކާރުގައި ސިޔާސަތުތައް އެކުލަވާލުމަށް އެއްވެސް ޕްލޭނެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ރައްޔިތުން 'ގަމާރު' ހެއްދޭނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ޑރ. މުއިއްޒު ހީފުޅުކުރައްވަނީ ކަންނޭނގޭ ރައްޔިތުންނަކީ އެހާ ގަމާރު ބަޔެކޭ. ނޫން އެހެނެއް ނޫން މިއަދު ދިވެހި ރައްޔިތުން ތިބީކީ. އެ ދައްކަވަނީ ކޮން ވާހަކައެއްކަން އެ ހަދަނީ ދޮގުކަން ވަރަށް ސާފުކޮށް އެބަ އެނގޭ،" ޞާލިހު ވިދާޅުވި އެވެ.

އެއާއެކު، ޞާލިޙް ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އާ މަޝްރޫއުތައް ފަށަން ޖެހޭނީ މި ވަގުތު ފަށާފައިވާ މަޝްރޫއުތައް ނިންމާލުމަށްފަހު ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ރާވަމުން ދަނީ "ބިއްލޫރި ހޮޅިއެއް"ގެ ތެރެއިން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުން ފުށިދިއްގަރަށް ގެންދިޔުމަށްކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް