އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓްގައި އިސްލާމީ ސްކްލޫތައް މަނާކޮށްފި

އިންޑިއާގެ ސްރީނަގަރުގައި ހުންނަ މަދަރުސާއެއްގައި ކުޑަކުދިންތަކެއް ގްރުއާން ކިޔަވަނީ.ފޮޓޯ/ސީއެންއެން

އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓް ކަމަށްވާ، އައްލާހްއާބާދުގައި އިސްލާމީ ސްކޫލްތައް ހިންގުން މަނާކޮށްފިއެވެ.

އެކަން މަނާކޮށްފައި ވަނީ އެ ގައުމުގެ ކޯޓަކުން ކުރި ހުކުމަކުންނެވެ.

އިންޑިއާގެ އާންމުން އިންތިހާބު ބާއްވަން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުއްތަރު ޕްރަދޭޝް ސްޓޭޓްގެ އައްލާހްއާބާދުގެ ހައި ކޯޓުން ކުރި އެ ހުކުމުގައި ވަނީ 2004 ވަނަ އަހަރު އަމަލުކުރަންފެށި "މަދަރުސާ ގާނޫނު" އަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށް ކަނޑައަޅައި، އިސްލާމީ ނިޒާމުގައި ކިޔަވަމުންދާ ދަރިވަރުން މެއިންސްޓްރީމް ސްކޫލްތަކަށް ބަދަލުކުރުމަށް ސްޓޭޓް ސަރުކާރަށް އަމުރުކޮށްފައެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މަދަރުސާ އެކްޓް، 2004 އަކީ އިންޑިއާގެ ގާނޫނުއަސާސީގެ އަސާސް ކަމަށްވާ ސެކިއުލަރިޒަމްގެ އުސޫލާ ހިލާފު،" ހައި ކޯޓުން ނެރުނު އަމުރުގައިވެއެވެ.

"ތައުލީމު ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް އަސާސީ އެއް ވާޖިބަކަށް ވާއިރު އެކަން ކުރަން ޖެހޭނީ، ވަކި ދީނަކަށް ތަބާނުވުމުގެ އުސޫލާ ހިލާފް ނުވާ ގޮތަށް. ވަކި ދީނެއްގެ ތައުލީމާއި އެ ދީނެއްގެ އިރުޝާދުތަކާއި ބޭސްފަރުވާތަކާއި ފަލްސަފާތައް ސަރުކާރުން ހަމަޖައްސައިދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން." އެ އަމުރުގައި އިތުރަށް ބުނެފައިވެއެވެ.

އިސްލާމީ މަދަރުސާތަކަކީ ސައިންސް އާއި ހިސާބު ފަދަ އާންމު މާއްދާތަކާ އެކު ގުރުއާނާއި އިސްލާމީ ތާރީރު ވެސް ކިޔަވައިދޭ ތައުލީމީ ތަންތަނެވެ.

މަދަރުސާތަކެކޭ އެއްފަދައިން ބައެއް ހިންދޫއިން ވެސް އެ މީހުންގެ ކުދިން ހިންދޫ ދީން ކިޔަވައިދޭ ހާއްސަ ސްކޫލުތަކަށް ފޮނުވައެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި 200 މިލިއަނެއްހާ މީހުން އުޅެމުން އަންނައިރު, އޭގެ ތެރެއިން 20 އިންސައްތަ އަކީ މުސްލިމުން ކަމަށް 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ގައުމިއްޔަތު ވެރި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަންކުރާ އުއްތަރްޕްރަދޭޝްގައި ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވަނީ މުސްލިމުންނާ ދެކޮޅަށް އެތައް ގާނޫނެއް ފާސްކޮށްފައެވެ.

comment ކޮމެންޓް