އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް އަތުވެއްޖެ

އިންޑިއާގެ ނިއު ދިއްލީއަށް މީގެކުރިން އައި ބިހެންލުމެއްގައި އިމާރާތްތަކަށް ގެންލުންވެފައި.ފޮޓޯ/ގެޓީ

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީއަށް ބިން ހެލުމެއް އަތުވެއްޖެއެވެ.

ބިން ހެލުން އައިސްފައި ވަނީ އިންޑިއާ ގަޑިން ފަތިހު 5:36 ގައި ހަތަރު މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ސެއިސްމޮލޮޖީން ބުނީ ބިންހެލުން އައިސްފައި ވަނީ ފަސް ކިލޯމީޓަރު ފުނުން ކަމަށާއި މުޅި އުތުރު އިންޑިއާއަށް އެ ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ލޮޅުން އަރައިފައިވާ ކަމަށާއި، ގިނަ މީހުންނަށް ފަތިހު ހޭލެވުނީ އެ ލޮޅުމުގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެއްވެސް އިމާރާތާކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ނުވަތަ މީހަކަށް އަނިޔާއެއް ވީ ކަމަށްވެސް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ބިންހެލުމުގެ އަސަރު ބޮޑަށްކޮށްފައި ވަނީ ނޮއިޑާ، ގްރޭޓާ ނޮއިޑާ އަދި ގާޒީއާބާދަށެވެ.

ދިއްލީ އަކީ ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދެއްގައި އޮންނަ ތަނެކެވެ. އެއީ މިފަދަ ފުރުސަތު ދެވަނައަށް އެންމެ ބޮޑު ކެޓަގަރީގެ ޒޯނެކެވެ.

މީގެ ކުރިން ވެސް އެ ސަރަޙައްދަށް ވަނީ މެގްނިޓިއުޑް-4 ގައި ބިންހެލުމެއް އައިސްފައެވެ. އަދި 2022 ވަނަ އަހަރު ދިއްލީގެ އަވަށްޓެރި ހަރްޔާނާ ސްޓޭޓަށް 4.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެ އެވެ. މި ބިންހެލުމުގެ ބާރު ގަދަ ނަމަވެސް ގެއްލުމެއް ނުވެއެވެ.

comment ކޮމެންޓް