ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ސްކުއިޑް ގޭމްގެ އެކްޓަރު އޯ ޔެއޮންގް ސޫ އަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް ދެކުނު ކޮރެއާގެ ކޯޓަކުން ކޮށްފިއެވެ.
ހަތް ދިހަ ނުވަ އަހަރުގެ ސޫގެ މައްޗަށް ކޮށްފައި ވަނީ އަންހެނަކަށް ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރިކަމުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވާ ވަނީ 2022 ވަނަ އަހަރުއެވެ. ޖިންސީ ގޯނާކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިން 2017 ވަނަ އަހަރު ކަމަށް މީޑިއާތަކުން ބުނެއެވެ.
އެ ތުހުމަތުތައް ސޫ ވަނީ ދެކޮޅު ހަދައިފައެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސޫ ބޮޑަށް މަޝްހޫރުވީ ދެކުނު ކޮރެއާގެ ކާމިޔާބު ޓީވީ ސީރީޒް "ސްކްއިޑް ގޭމް" އިންނެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ރިލީޒްކުރި އެ ސީރީޒްއަކީ ނެޓްފްލިކްސްއިން ގެނެސްދިން ވަރަށް ކާމިޔާބު، 100 މިލިއަނަށްވުރެ ގިނަ މީހުން ބަލައިފައިވާ ސީރީޒެކެވެ.