އެކައުންޓުގައި ހުރި 1.9 މިލިއަން ޑޮލަރު ބޭނުންކުރިކަމުގެ ތުހުމަތު އިންޑިއާ ބޭންކަކަށް

އންޑިޔާގެ އައިސީއައިސީ ބޭންކުގައި އެކައުންޓު ހުޅުވައިފައިވާ ޝްވެތާ ޝަރުމާ -- ފޮޓޯ/ބީބީސީ

އިންޑިއާ އަންހެނެއްގެ އެކައުންޓުގައި ހުރި 1.9 މިލިއަން ޑޮލަރު އިންޑިއާގެ އެންމެ ބޮޑު އެއް ބޭންކު ކަމަށްވާ އައިސީއައިސީއައި ބޭންކުގެ މެނޭޖަރަކު ބޭނުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.

ޝުވެތާ ޝަރުމާ ކިޔާ އަންހެނަކު ބުނާ ގޮތުގައި އޭނާގެ އެކައުންޓުގައި ހުރި ފައިސާ މެނޭޖަރު ނަގައިފައިވަނީ އޭނާގެ ސޮއި ފޯޖުކޮށް ފޭކު އެކައުންޓެއް ހުޅުވައި އޭނާގެ ނަމުގައި ޑެބިޓް ކާޑަކާއި ޗެކް ފޮތެއް ހަދައިގެންނެވެ.

"އޭނާ އަހަންނަށް ދިނީ ފޭކް ސްޓޭޓްމަންޓްތައްކެއް. އަހަރެންގެ ނަމުގައި ފޭކް އީމެއިލް އައިޑީއެއް ހަދައި، އަހަރެންގެ މޮބައިލް ނަންބަރު ވެސް ބޭންކް ރިކޯޑްތަކުގައި ބަދަލުކޮށްފައި ވާތީ އެއްވެސް ވިތުޑްރަވަލް ނޮޓިފިކޭޝަނެއް ނުލިބޭނެ،" ޝުވެތާއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން އައިސީއައިސީއައިގެ ތަރުޖަމާނު ވަނީ އެއީ ހިނގާފައިއޮތް ކަމެއްކަން ކަށަވަރުކޮށްދީފައެވެ. އަދި، އެ ކަމުގައި ބައިވެރިވި އެންމެންނަށް ވެސް އަދަބު ލިބޭނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާ އަދި ހޮންކޮންގައި ވެސް އެތައް އަހަރަކު ދިރިއުޅުމަށް ފަހު ޝުވެތާގެ އާއިލާ އިންޑިއާއަށް ބަދަލުވެފައިވަނީ 2016 ވަނަ އަހަރުއެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު އައިސީއައިސީއައިގައި އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރަން ފެށީ އެމެރިކާއިގެ ބޭންކުތަކުގައި ބަހައްޓާ ފައިސާއަށް ލިބޭ އިންޓަރެސްޓު ކުޑަކަމުން ކަމަށް ޝުވެތާ ބުނެއެވެ.

"ކުރިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާތްގަނޑަކަށް 135 މިލިއަން ރުޕީސް އަޅުގަނޑު ބޭންކަށް ޖަމާކުރިން. އެއީ، މުޅި އުމުރު ދުވަހުގެ މަސައްކަތް،" ޝުވެތާ ބުންޏެވެ.

އެ މައްސަލަ ފުރަތަމަ ފެންމަތިވީ އެ ބޭންކަށް އަލަށް ވަތް މުވައްޒަފަކާހެދި ކަމަށް ޝުވެތާ ބުނެއެވެ.

އެ ހާދިސާއާގުޅޭ ހުރިހާ މައުލޫމާތެއް ޝްވެތާ ވަނީ ބޭންކަށް ހުށަހަޅައިފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާއަށް އިންސާފު ލިބިފައެއްނުވެއެވެ. ނަމަވެސް ބޭންކާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅައިފިނަމަ، އޭނާގެ އެކައުންޓުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ލިބޭނެއެވެ.

މިއީ މި މަސްތެރޭގައި އައިސީއައިއައިސީއައި ބޭންކާ ދެކޮޅަށް ހުށަހެޅި ދެވަނަ މައްސަލައެވެ.

މި މަހުގެ ކުރީކޮޅު ވަނީ ރާޖަސްތާންގައި ބޭންކު މެނޭޖަރާއި އޭނާގެ ބައެއް މުވައްޒަފުން އާ އެކައުންޓުތައް ހުޅުވުމަށް ބޭންކުގައި ހުރި ބައެއް ކަސްޓަމަރުންގެ އެކައުންޓުން ފައިސާ އެތައް އަހަރެއް ވަންދެން ނަގަމުން ގެންދިޔަ މައްސަލައެއް ފެންމަތިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް