ބެސްޓެވެނާ އިން ކަނެކްޓިން ސޮފްޓްވެއާ އެއް ލޯންޗުކޮށްފި

ކަނެކްޓް އެކްސް ލޯންޗުކުރުން-- ސަން ފޮޓޯ

ދިވެހި ވިޔަފާރި ކުންފުނި ބެސްޓްވެނާގެ ފަރާތުން ދިވެހި އަމިއްލަ އުފެއްދުމެއް ކަމަށްވާ ކަނެކްޓިން ސޮފްޓްވެއާ 'ކަނެކްޓް އެކްސް' އެެޕްލިކޭޝަން މިއަދު ލޯންޗުކޮށްފިއެވެ.

މި ސޮފްޓްވެއާއަކީ ވިޔަފާރިއާއި އެހެން ޚިދުމަތް ދިނުމުގައި ބޭނުންކުރާ އެޕްލިކޭޝަން ސޮފްޓްވެއާތައް ގުޅުވައިލަދީ، އެ ސިސްޓަމުތަކުގައި ހުރި ޚާއްސަ ޑާޓާ އަދި ސިފަތައް ދެނެގަނެވޭނެ ސޮފްޓްވެއާއެކެވެ.

މި ޖަލްސާގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ސީއީއޯ ޑރ. ރޮޝާން ވިދާޅުވީ، މި ސޮފްޓްވެއާ ބޭނުންކުރާ ފަރާތްތަކުން ބޭނުންވާ ގޮތަކަށް އެއް އިންޓަފޭސް ވިންޑޯއަކަށް އެ ކަންކަން ގެނެސްދިނުމުގެ އިތުރުން އެ ހުރިހާ އެޕްލިކޭޝަންތަކުގެ ބޭނުން މި ސޮފްޓްވެއާއިން ކުރެވޭނެ ކަމަށެވެ.

މިއީ އާންމު ޚިދުމަތް ދޭ ބޮޑެތި ކުންފުނިތަކުން ޚިދުމަތްދިނުމުގައާއި އެ ޚިދުމަތްތައް ލިބިގަންނަ މީހުނަށް ފަސޭހައެއް ގެނުވާނެ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

ކަނެކްޓް އެކްސްގައި މައިގަނޑު ޓެކްނޮލޮޖީއަކަށް ބޭނުންކޮށްފައިވަނީ ޑޭޓާ ޓައިޕިންގް އޭއައި ޓެކްނޮލޮޖީއެވެ.

އަދި މި ސޮފްޓްވެއާގެ އެންމެ ޚާއްސަ އެއް ފީޗާއަކީ މީގެ ކުރިން ކުންފުނިތަކުން ބޭނުން ކުރަމުން އަންނަ އެކި އީއާރްޕީ ސޮފްޓްވެއާ ސިސްޓަމްތަކަށް އެއްވެސް އުނި އިތުރުކަމެއް ނުގެނެސް، ކަނެކްޓް އެކްސް މެދުވެރިކޮށް އައު އަޕްގުރޭޑްތަކާ ފީޗާތައް ހިމަނައިފައިވުމެވެ.

comment ކޮމެންޓް