އިމާރާތެއްގެ ފަސްވަނަ ބުރިން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި

ޖެނުއަރީ 5، 2020: މާލޭގެ އިމާރާތްތަކާ ގެދޮރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ އިމާރާތެއްގެ ފަސްވަނަ ބުރިން ވެއްޓުނު މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މި ކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓުނީ ފިރިހެނެއް ކަމަށެވެ.

މި ވަގުތު އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަނިޔާ ލިބުނު މީހާގެ ހާލަތު އެނގޭނީ ޑޮކްޓަރުން އޭނާ ބެލުމަށް ފަހުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ ނީލޯފަރު ގޯޅިގަނޑުގައި އޭނާގެ ޚަބަރު ހުސްވެގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ފަތިހު 5:27 ހާއިރުކަމަށެވެ. އެއީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ވައްކަން ކުރުމަށްފަހު ފިލަން އުޅުމުގެ ތެރޭގައި މިފަދަ ބައެއް ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ. މީގެ ކުރިންވަނީ ހުކުރު ވަގުތު، ކަަރަންޓު ނަރުތަކެއް ވަގަށް ނަގަން އުޅުމުގެ ތެރޭގައި މީހަކު ކަރަންޓުގައި ޖެހި މަރު ވެސް ވެފައެވެ.

comment ކޮމެންޓް