އިންޑިޔާގެ މަނިޕޫރުގައި ބޮމެއް ގޮވައި އެކަކު މަރުވެއްޖެ

ރޯވެފައިވާ މަނިޕޫރު ސްޓޭޓުގައި ހުންނަ ކޮލެޖްގެ އިމާރާތް. ފޮޓޯ/އޭރިއާނާ ނޫސް

އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގެ ވެރިރަށް އިމްފަލްގެ ކޮލެޖެއްގައި ބޮމެއް ގޮވައި އެކަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ބޮން ގޮއްވާލާފައި ވަނީ އިމްފަލް ހުޅަނގު ޑިސްޓްރިކްޓްގެ ޑީއެމް ޔުނިވާސިޓީ ކެމްޕަހުގެ ތެރޭގައި ހުންނަ ދަރިވަރުންގެ ޖަމިއްޔާއެއް ކަމަށްވާ އޮލް މަނިޕޫރު ސްޓޫޑެންޓްސް ޔޫނިއަން (އޭއެމްއެސްޔޫ) ގެ އޮފީހުގައެވެ.

ހާދިސާގައި ޒަހަމުވި ދެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ.

އެ ހާދިސާގެ ޒިންމާ މިހާތަނަށް އެއްވެސް މީހަކު ނުވަތަ ބަޔަކު އުފުލާފައެއްނުވެއެވެ.

މިދިޔަ މެއި މަހުން ފެށިގެން މަނިޕޫރުގައި އަންނަނީ މެޖޯރިޓީ އަދި މައިނޯރިޓީ މެމްބަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކުގައި 200 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް