އެމެރިކާއިން ހެއިޓީއަށް އެކްސްޕޯޓް ކުރާ ހަނޑުލުން ސިއްހަތަށް ގެއްލުންވޭ

އެެމެރިކާއިން ހެއިޓީއަށް އެތެރެކުރާ ހަނޑުލުން ސިއްހަތައް ގެއްލުންވާ ކަމަށް ދިރާސާއަކުން ދައްކާ. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން ހެއިޓީއަށް އެތެރެކުރާ ހަނޑުލުގައި ސިއްހަތަށް ގެއްލުންވާ ބާވަތްތައް ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް މިޗިގަން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާއިން ހެއިޓީއަށް ފޮނުވާ ހަނޑުލުގައި ދަގަނޑުގެ ބާވަތްތަކުގެ އިތުރުން ކެޑްމިއަމް އަދި އާސެނިކް ހިމެނެއެވެ.

އޭގެ ސަބަބުން އެ ހަނޑޫ ބޭނުންކުރާ މީހުންނަށް ކެންސަރު ބަލި އަދި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެ ދިރާސާއިން ދައްކައެވެ.

ހެއިޓީއަށް އެތެރެކުރާ ހުރިހާ ހަނޑުލުގެ ސާމްޕަލްތަކެއްގައިވެސް ކުޑަކުދިން ކެއުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ލަފާދީފައިވާ މިންވަރަށް ވުރެ ވިހަ މާއްދާ ހުރި މިންވަރު އިތުރެވެ.

އެކަމާ ގުޅިގެން މިހާތަނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ސްޓޭޓް ޑިޕާޓްމަންޓުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ހެއިޓީއަށް ހަނޑޫ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، މެކްސިކޯ އަދި ޖަޕާން ހިމެނޭއިރު، ކެރީބިއަން ގައުމުތަކުން ހެއިޓީއަށް ހަނޑޫ އެތެރެ ނުކުރަނީ އަގު ބޮޑުކަމުންނެވެ. ނަމަވެސް އެމެރިކާ ފިޔަވައި އެހެން ގައުމުތަކުން އިމްޕޯޓުކުރާ ހަނޑުލުގައި ވިހަ މާއްދާ އެކުލެވިފައިވާ މިންވަރު ވަޒަންކޮށްފައެއްނުވެއެވެ.

މެކްސިކޯ އާއި ޖަޕާނާ އިތުރުން ހެއިޓީއަކީ އެމެރިކާއިން އެންމެ ގިނައިން ހަނޑޫ އެތެރެކުރާ ގައުމެވެ.

ދެހާސް ވިހި ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހެއިޓީގައި ކޮންމެ މީހަކު އަހަރެއްގެ މައްޗަށް 85 ކިލޯ ހަނޑޫ ބޭނުން ކުރާއިރު، އެމެރިކާގައި އަހަރެއްގެ މައްޗަށް ކޮންމެ މީހަކު ބޭނުން ކުރަނީ 12 ކިލޯ ހަނޑުލެވެ.

comment ކޮމެންޓް