ޔަޙޫދީ ޒަޔަނިސްޓް މާފިޔާ ފިކުރަށް ހުޅަނގުގައި އޮތް ތާއީދު ކުޑަވާން ފަށައިފި

ޒަޔަނިސްޓް ފިކުރާ ދެކޮޅަށް ޔޫރަޕްގައި ޔަހޫދީންގެ ބަޔަކު މުޒާހަރާ ކުރަނީ

ޔަހޫދީން ދުނިޔެއަށް އަތްގަދަ ކުރުމަށް ޓަކައި ގެންގުޅޭ އިސްތިއުމާރީ މާފިޔާ ފިކުރު ކަމަށްވާ ޒަޔަނިޒަމްގެ ފިކުރަށް ތާއީދުކުރާ މީހުން ހުޅަނގު ދުނިޔޭގައި ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާކަން ކަމާބެހޭ ސާވޭއަކުން ވަނީ ހާމަވެފައެވެ.

ލަންޑަންގައި މަރުކަޒު ހުންނަ ޔަހޫދީ ރީސާޗް މަރުކަޒެއްކަމަށްވާ "އިންސްޓިޓިއުޓް ފޯރ ޖެވިޝް ޕޮލިސީ ރީސާޗް" އިން ޒަޔަނިސްޓް ފިކުރާމެދު ހުޅަނގު ދުނިޔޭގެ އާންމުން ދެކޭގޮތާބެހޭގޮތުން ކުރި ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ޒަޔަނިޒަމްގެ ފިކުރަށް ތާއީދުކުރާ ހުޅަނގުގެ ޔަހޫދީންނާއި ނަސާރާއިންގެ މެދުގައި އެފިކުރުގެ ތާއީދުދަނީ ވަރަށް ބޮޑަށް ކުޑަވަމުންނެވެ.

މިސާވޭގެ ނަތީޖާ ދައްކާގޮތުން ޒަޔަނިޒަމްގެ ފިކުރަށް ތާއީދުކުރާ އުމުރުފުރާގެ މީހުން އެންމެ ގިނައީ އެމެރިކާއާއި ޔޫރަޕްގެ އާބާދީގައި ހިމެނޭ މެދުއުމުރަށްވުރެ ދޮށީ މީހުންނާއި މުސްކުޅި އުމުރުގެ މީހުންގެ މެދުގައެވެ. މި އުމުރުފުރާތަކުގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 83 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ޒަޔަނިސްޓް ހަރުކަށި އައިޑިއޮލޮޖީގައި ޖެހިފައިވާ މީހުންނެވެ. އެއައިޑިއޮލޮޖީގައި ބްރެއިން ވޮޝްކޮށްލާފައިވާ މީހުންނެވެ.

ނަމަވެސް ސާވޭން ހާމަވާގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ޒުވާނުންގެ ތެރޭގައި ޒަޔަނިސްޓް ފިކުރަށް ތާއީދުކުރާމީހުންދަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. މިގޮތުން 30 އަހަރުން ދަށުގެ މީހުންނާއި 20 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުން ޒަޔަނިސްޓް ފިކުރަށް ތާއީދުނުކުރާކަން މިސާވޭން ހާމަވެއެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ 20 އަހަރުން ދަށުގެ ޒުވާނުންގެ ގާތްގަނޑަކަށް 45 އިންސައްތަ މީހުން ޒަޔަނިސްޓް ފިކުރަށް ތާއީދުނުކުރާ ކަމަށްވެއެވެ. މީގެތެރޭގައި ނަސާރާއިންނާއި ޔަހޫދީ ޒުވާނުންވެސް ހިމެނެއެވެ.

ހުރިހާ އުމުރުފުރާއަށް ބަލާއިރު ޔަހޫދީ ޒަޔަނިސްޓް ފިކުރަށް ތާއީދުކުރާ މީހުންގެ ނިސްބަތް 80 އިންސައްތައިން 69 އިންސައްތައަށް ދަށަށް ގޮސްފައިވާކަން ޖެވިޝް ޕޮލިސީ ރީސާޗް އިންސްޓިޓިއުޓްގެ ސާވޭތަކުންވަނީ ހާމަވެފައެވެ.

ޒަޔަނިސްޓް ފިކުރުގެ ތާއީދު އެމެރިކާއާ ޚިލާފަށް ދަށަށްދާން ފަށާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ބިރުވެރި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތައް ހިމެނޭކަން މިސާވޭން ހާމަވެފައިވެއެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި އަޑުއުފުލާ ޔަހޫދީ ޒުވާނުންގެ އަަދަދު އެމެރިކާއާއި ޔޫރަޕްގައި ގިނަވަމުންދާކަންވެސް ހާމަވެފައިވެއެވެ.

ލަންޑަންގައި މަރުކަޒު ހުންނަ ޔަހޫދީ ރީސާޗް މަރުކަޒު ކަމަށްވާ "އިންސްޓިޓިއުޓް ފޯރ ޖެވިޝް ޕޮލިސީ ރީސާޗް" ބުނާގޮތުން ޒަޔަނިސްޓް ހަރަކާތަކީ އަދި ޒަޔަނިސްޓް ފިކުރަކީ ޔަހޫދީ ދީނާ ގުޅުމެއްނެތް ފިކުރެކެވެ. އެއީ ފައިސާއާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ދުނިޔެއަށް އަތްގަދަކުރުމަށް ޔަހޫދީންގެ ތެރޭގައި ހިމެނޭ ލާދީނީ މީހުންގެ ފިކުރެއްކަމަށް ޒަޔަނިސްޓް ފިކުރުގައި ނުޖެހޭ ނަސާރާ އަދި ޔަހޫދީ ޒުވާނުން ދެކޭކަމަށް ވެއެވެ.

ޒަޔަނިސްޓް ހަރަކާތަކީ މިހާރު މާފިޔާ ވައްތަރުގެ ނުރައްކާތެރި ހަރަކާތަކަށް ވެފައިވާކަމަށް ދެކޭ ޔަހޫދީ ޒުވާނުންވެސް ދަނީ އިތުރުވަމުންނެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދާފައިވަނީ ޒަޔަނިސްޓް ފިކުރުގެ މީހުންކަމަށާއި އިސްރާއީލަކީ ޔަހޫދީ ދީނާ ގުޅުންނެތް އިސްތިއުމާރީ ގައުމެއްކަމަށްވެސް ޒަޔަނިސްޓް ފިކުރަށް ތަބާނުވާ ހުޅަނގުގެ ބައެއް މީހުން ދެކެއެވެ. މިއީ މިކަމުގައި އިސްލާމީ ދުނިޔެވެސް ދެކޭގޮތެވެ. މިގޮތަށް ދެކޭ ހުޅަނގުގެ ޒުވާނުންގެ ތެރޭގައި މީގެތެރޭގައި ގިނައީ ޔަހޫދީ އަދި ނަސާރާ ޒުވާނުންނެވެ.

ޔަހޫދީ ޒަޔަނިސްޓް އިސްތިއުމާރީ ހަރަކާތަކީ ޔަހޫދީންގެ ތެރޭގައި ހިމެނޭ ލާދީނީ (އިލްމާނީ) ފިކުރުގެ މީހުންނާއި ޔަހޫދީ މަހުޖަނުން ގުޅިގެން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވައި އަދި އެއަށްފަހު ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުމުގެ އިސްތިއުމާރީ ފިކުރުގެ ދަށުން 1890 ގެތެރޭގައި އުފެއްދި އިސްތިއުމާރީ ހަރަކާތެކެވެ.

މިހަރަކާތުގެ އިސް މޭސްތިރިއަކީ ޔަހޫދީ ސެކިއުލަރިސްޓެއް ކަމަށްވާ ތިއޮޑޯރ ހޭޒްލް އެވެ. މި އިސްތިއުމާރީ ހަރަކާތުގެ ފުރަތަމަ ކޮންގްރެސް ބައްވާފައިވަނީ 1897 ވަނަ އަހަރު ސްވިސްޓްޒަލޭންޑްގެ ބާސެލްގައެވެ.

ޒަޔަނިސްޓުންގެ ފުރަތަމަ ކޮންގްރެސްގައި މަޝްވަރާކުރީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީން ފަލަސްތީނަށް ޖަމާކުރުމަށާއި ފަލަސްތީނުގައި ޔަހޫދީންނަށް ޚާއްސަ ދައުލަތެއް ގާއިމްކުރުމަށް ކުރަންޖެހޭ ކަންތައްތަކާ ގޮތްތަކާބެހޭގޮތުންނެވެ. މިހަރަކާތަށް ފަންޑުކުރަނީ ޔަހޫދީ މުއްސަނދި މަހުޖަނުންނާއި ޔަހޫދީ މާފިޔާ ލީޑަރުންނެވެ.

މި ހަރަކާތުގެ ފިކުރު ހުޅަނގު ދުނިޔޭގައި ވަކިހިއްޕާލަފައިވަނީ 1900 ގެ އަހަރުތަކުގައެވެ. ޚާއްސަކޮށް ފުރަތަމަ ބޮޑުހަނގުރާމައަށްފަހުގައެވެ. ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުގެ ލީޑަރު އެޑޮލްފް ހިޓްލަރުގެ އަތްދަށުން ޔަހޫދީންނަށް ލިބުނުކަމަށް ބުނެވޭ ހޮލޮކޯސްޓްގެ ޖަރީމާތަކަށްފަހު ޒަޔަނިސްޓް ހަރަކާތް ހުޅަނގު ދުނިޔޭގައި ފުޅާކޮށް ޒަޔަނިސްޓް ފިކުރު ހުޅަނގު ދުނިޔޭގައި ފެތުރުމަށް ޒަޔަނިސްޓް ހަރަކާތަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ.

އެމެރިކާއާއި ޔޫރަޕްގައި އުޅޭ އިންޖީލީ ފިކުރުގެ ހަރުކަށި ނަސާރާއިންނަކީވެސް ޒަޔަނިސްޓް މިހަރުކަށި ފިކުރަށް ވަރަށް ބޮޑަށް ތަބާވާ ބައެކެވެ.

ޒަޔަނިސްޓް ފިކުރުގެ ދަށުން ފަލަސްތީނުގައި ބިނާކުރި އިސްރާއީލެވެކިޔާ އިސްތިއުމާރީ ދައުލަތް ހިމާޔަތްކޮށް ފަލަސްތީނު މީހުން އެމީހުން ވަޒަނުން ބޭރުކުރުމަކީ މިފިކުރުގެ ޔަހޫދީން އެންމެ އިސްކަންދޭ ކަންތައްތަކެވެ. ޒަޔަނިސްޓް ހަރަކާތުގެ މައި ލަނޑުދަނޑިއެވެ. ނަމަވެސް ޔަހޫދީންގެ ތެރޭގައި ޒަޔަނިސްޓް ފިކުރާ އިދިކޮޅު ޔަހޫދީންވެސް އެބަތިއްބެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ ހަރަކާތްތައް ދިފާއުކުރުމަށްޓަކައި ޒަޔަނިސްޓް ހަރަކާތުން ގެންގުޅޭ ސްޓްރެޓެޖީއަކީ އިސްރާއީލުގެ ލާއިންސާނީ އަދި ޓެރަރިސްޓް ހަރަކާތްތަކާ ދެކޮޅަށް އަޑުއުފުލުމަކީ އެއީ ހުރިހާ ޔަހޫދީންނާ ޒާތީ ގޮތުން ޖައްސާލުން ކަމަށް ހެދުމެވެ. އެއީ ޔަހޫދީންގެ ނަސްލު ނައްތާލަން ގޮވާލުންކަމަށް ހަދައި އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކުގެ ދޫތައް އެއްކޮށް ބަންދުކޮށްލުމެވެ.

މިކަމަށް ޒަޔަނިސްޓުން ބޭނުންކުރާ ސްޓްރެޓެޖީއަކީ އެންޓި ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ޒާތީގޮތުން ދިމާކުރުންކަމަށް ހަދައި އެފަރާތްތައް ބްލެކްމެއިލް ކުރުމާއި އެފަރާތްތަކުގެ އަނގަ ބަންދުކޮށްލުމަކީ ޒަޔަނިސްޓް ފިކުރުގެ މައިގަނޑު ސްޓްރެޓެޖީ އެކެވެ.

އެމެރިކާއާއި ޔޫރަޕަށް ޒަޔަނިސްޓް ހަރަކާތް އަތްގަދަކޮށްފައި ވުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއާއި ޔޫރަޕް ގައުމުތައްވެސް ފަލަސްތީނު މައްސަލާގައި ގެންގުޅެނީ ހަމަ މިސްޓްރެޓެޖީއެވެ. އިސްރާއީލުގެ ލާއިންސާނީ އަދި ޓެރަރިސްޓް ހަރަކާތްތަކާ ދެކޮޅަށް އަޑުއުފުލުމަކީ އެއީ ހުރިހާ ޔަހޫދީންނާ ޒާތީ ގޮތުން ޖައްސާލުން ކަމަށް ހެދުމުގެ ސްޓްރެޓެޖީއެވެ.

ނަމަވެސް ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާއެކު ޔަހޫދީންގެ މިސްޓްރެޓެޖީގެ ބާރު މިހާރުވަނީ ކުޑަވާން ފަށާފައެވެ. މިހާރު އެތަށް ފަރާތަކުން ގެންދަނީ ހިޓްލަރާއި އިސްރާއީލާ އެއްވަރުކޮށް އިސްރާއީލަށް ވަރުގައަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

ދާދިފަހުން ބްރަޒީލްގެ ރައީސް ވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަނީ ދެވަނަ ބޮޑުހަނގުރާމައިވާ ޔަހޫދީންނާ ދެކޮޅަށް ހިޓްލަރު ހިންގި ހޮލޮކޯސްޓް ގެ ޖަރީމާތަކާ އެއްވަރުގެ ޖަރީމާތަކެއްކަމަށް ސިފަކުރައްވާފައެވެ.

ކޮލަންބިޔާއާއި އިކުއެޑޯ އަދި ވެނެޒުއެލާގެ ރައީސުންވަނީ މިކަމަށް ފާޅުގައި ތާއީދުވެސް ކުރައްވާފައެވެ. އަދި ތުރުކީގެ ރައީސް މިދިޔަ ހަފްތާގައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ހިޓްލަރަށް ވުރެވެސް އަނިޔާވެރި މުޖްރިމެއްކަމަށް ސިފަކުރައްވާފައެވެ.

އުުރުދުޣާން ވިދާޅުވިގޮތުގައި ނަތަންޔާހޫގެ ޖަރީމާތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕުންނެވެ. ކުރިޔާ ޚިލާފަށް މިފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މިހާރު ހުޅަނގު ދުނިޔެވަނީ ނާކާމިޔާބުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް