ގަމުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ލ. ގަން ރީޖިނަލް ހޮސްޕިޓަލް ---

ލ. ގަމު ގޮނޑުދޮށުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ އޭނާ ހަބަރު ހުސްވެފައި އޮއްވައި ފެނުނީ މަތިމަރަދޫ ފޮއްތޭ ހުޓުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ މައުލުމާތު ދީފައެވެ.

މި ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ މިއަދުގެ 12:15 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ފުލުހުން ބުނީ އެ މީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް