ދިވެހި ފޮންޓުތަކަށް ޚާއްޞަ ''އަކުރު ޓައިޕް'' އިފުތިތާހުކޮށްފި

އަކުރު ޓައިފް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----

ދިވެހި ފޮންޓުތަކަށް ޚާއްޞަ، ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި 'އަކުރު ޓައިޕް' މިއަދު ލޯންޗުކޮށްފިއެވެ.

އަކުރު ޓައިޕް މެދުވެރިކޮށް ތާނަ އަކުރުގެ މުޅިން ތަފާތު ފަރުމާތަކެއް އިޚުތިޔާރުކުރެވޭނެއެވެ.

މި ޕްލްޓްފޯމް ލޯންޗުކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ނަސީރު ވަނީ ދިވެހި ބަހަށް އޮތް ލޯބި އާލާކޮށް، ބަހާއި އަދަބިއްޔާތު ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަށް މިފަދަ ޕްލެޓްފޯމެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އަކުރު ޓައިފް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----

އަކުރު ޓައިޕް އަކީ ހަމައެކަނި މާކެޓް ޕްލޭސްއަށް ޚާއްޞަކޮށްފައިވާ ތަނެއް ނޫނެވެ. އެއީ ޑިޒައިނަރުންނާއި ލިޔުންތެރިންނާއި ޓައިޕް ފައުންޑްރީތަކާއި ބްރޭންޑްތަކުން ފަރުމާކޮށްފައިވާ ދިވެހި ފޮންޓްތައް އެއްތަންކޮށްފައިވާ މުއްސަނދި ޕްލެޓްފޯމެކެވެ.

އެ ފޮންޓްތަކުން ދިވެހި އަކުރުގެ މުއްސަނދިކަމާއި ރީތިކަމާއި ތާރީޚާއި ސަގާފަތް ދައްކުވައިދޭނެއެވެ. ކޮންމެ ފޮންޓަކީ ވެސް ދިވެހި ބަހަށް އިތުރު ޝައުގުވެރިކަން އުފައްދާނެ ފޮންޓެކެވެ.

މީގެއިތުރުން، އަކުރު ޓައިޕް މާކެޓްޕްލޭސްގައި ފޮންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ ފޮންޓް ދައްކާލައި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަކުރު ޓައިފް ކޮންޓްރިބިއުޓާ ޕްލެޓްފޯމް ވެސް ވަނީ ތަޢާރަފުކޮށްފައެވެ.

އަކުރު ޓައިފް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----

އެގޮތުން ކޮންޓްރިބިއުޓާ ޕްލެޓްފޯމްގެ ޒަމާނީ ފީޗާސްތައް ބޭނުންކޮށްގެން ދިވެހި ފޮންޓްތައް ރަނގަޅަށް މާކެޓްކޮށް ޕްރޮމޯޓްކޮށް ކަސްޓަމަރުންނާ ދެމެދު ގާތް ގުޅުމެއް އުފެއްދޭނެއެވެ.

މިހާރު މި ޕްލެޓްފޯމް ބޭނުންކުރާ ތިން ކޮންޓްރިބިއުޓަރުންނާއެކު، އަކުރު ޓައިޕްއިން ވަނީ އެހެން ހުނަރުވެރި، ފޮންޓް ފަރުމާކުރާ ފަރާތްތަކަށް ވެސް އެމީހުންގެ ފޮންޓްތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

'އަކުރު ޓައިޕް' ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން އެންކްރިއާ ސްޓޫޑިއޯއިން ވަނީ 'ފިލީ ޓައިޕް ފައުންޑްރީ'ގެ ނަމުގައި އަމިއްލަ ޓައިޕް ފައުންޑަރީއެއް ވެސް ތައާރަފުކޮށްފައެވެ.

'ފިލީ ޓައިޕް ފައުންޑްރީ'ގެ ގިނަ އަދަދެއްގެ ފޮންޓްތައް މިހާރު އަކުރު ޓައިޕް މާކެޓުން ގަނެ ނުވަތަ ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

comment ކޮމެންޓް