ދެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި---ފޮޓޯ/ބިއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިތުރު ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

މި ހިދުމަތް ދޭން ފަށައިފައިވަނީ ކ. ގުޅި އަދި ވ. ކެޔޮދޫގައިކަމަށް ބީއެމްއެލްއިން ވަނީ މައުލޫމާތު ދީފައެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް ލިބިގެން ދާނެ ކަމަށެވެ.

ކ.ގުޅި އަދި ވ.ކެޔޮދޫގަ އޭޓީއެމްގެ ހިދުމަތް ފަށައިފި---ފޮޓޯ/ބީއެމްއެލް

އަދި މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ހިދުމަތް ދެމުންދާކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އެގޮތުން ވ. ފެލިދޫ ބުރާންޗް މެދުވެރިކޮށް ހިދުމަތް ދެމުންދާއިރު އެ އަތޮޅުގެ އިތުރު އެހެން ދެ ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައިވާކަމަށް ވެސް ބީއެމްއެލްއިން ވަނީ މައުލޫމާތު ދީފައެވެ.

މިހާރުވެސް ރާއްޖޭގައި ޖުމުލަ 20 އަތޮޅުގައި 38 ބްރާންޗާއި، 83 ސެލްފް ސާވިސް ސެންޓަރާއި، 138 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ބީއެމްއެލްއިން ގެންގުޅެއެވެ.

comment ކޮމެންޓް