ދިރާގުން ކުރިއަށް އޮތް 2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އައު އަހަރު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އައު އަހަރުގެ ޗުއްޓީއާ ގުޅުވައިގެން، ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ފަދަ
ޚާއްސަ ފަސް އޮފާއެއް ތައާރަފުކޮށްފައެވެ.
އެ އޮފާތަކަކީ:
ސަޅި ޕްރީޕެއިޑް ޕްރޮމޯ
ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 2025 ރުފިޔާގެ އޮފާ އަގަކަށް 'ސަޅި 365 ދުވަސް' ނުވަތަ 'ސަޅި 180 ދުވަސް' ޕްލޭނަށް ސަބްސްކްރައިބްކުރެވޭނެއެވެ.
- ސަޅި 365 ދުވަސް: ސަޅި 365 ދުވަހުގެ ޕްލޭނާ އެކު ކަސްޓަމަރުންނަށް ޖުމްލަ 365 ޖީބީ (ދުވާލަކު 1ޖީބީ) އާ އެކު އިތުރު އަގަކާ ނުލައި 100 ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެއެވެ.
- ސަޅި 180 ދުވަސް: ސަޅި 180 ދުވަހުގެ ޕްލޭނާ އެކު ކަސްޓަމަރުންނަށް ދުވާލަކު 4 ޖީބީ (ޖުމްލަ 720ޖީބީ) 180 ދުވަހަށް ލިބޭނެއެވެ.
ޕޯސްޓްޕެއިޑް ޑޭޓާ ބޫސްޓާ
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ޚާއްސަ ޑޭޓާ ބޫސްޓާތަކާއެކު 25 ޖީބީއާ ހަމައަށް އިތުރު ހިލޭ ޑޭޓާ ލިބޭނެއެވެ.
ސްޓްރީމް 25ޖީބީ އޮފާ
ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ޚާއްސަ ސްޓްރީމިންގް އެޑް-އޮންއާ އެކު، އެފަރާތްތަކުގެ ހުރިހާ ސްޓްރީމިންގް ބޭނުންތަކަށް 25 ޖީބީ މޮބައިލް ޑޭޓާ އެންމެ 25 ރުފިޔާއަށް 24 ގަޑިއިރުގެ މުއްދަތަށް ލިބިގެންދާނެއެވެ.
މަންތު ލީ ޑޭޓާ ޑޭޓާ އެޑް
ކޮންމެ މަހަކު ޑޭޓާ އެޑްއޮންތަކާ އެކު ކަސްޓަމަރުންނަށް އެއް އަގެއްގައި 25 އިންސައްތަ އިތުރު ހިލޭ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބޭނެއެވެ.
100 ޖީބީ 24 ގަޑިއިރުގެ ޑޭޓާ ޕެކް
ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ 24 ގަޑިއިރުގެ ޑޭޓާ ޕެކް އެކްޓިވޭޓްކޮށްގެން އިތުރު 25 ޖީބީ ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް، އެއް އަގެއްގައި ލިބޭނެއެވެ.
ހިލޭ ކަނެކްޝަން ޕްރޮމޯ
މި ޕްރޮމޯޝަނާކު، އައު ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ނަގާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ހިލޭ ސެޓް-އަޕް ލިބޭނެއެވެ.
މި އޮފާ ކުރިއަށް ދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހިލޭ ކަނެކްޝަން ޕްރޮމޯ ފިޔަވާ އެހެން ހުރިހަ އޮފާތަކެއް އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ކަސްޓަމަރުންނަށް
ފަސޭހަކަމާ އެކު މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.
މި ޚާއްސަ އައު އަހަރުގެ އޮފާތަކާ ބޭހޭ އިތުރު މަޢުލުމާތު ދިރާގު ވެބްސައިޓުން ލިބޭނެއެވެ.