ޕިކަޕެއް ތެރޭ ހުތުރު ވައްތަރު ޖެއްސި މީހާ ހޯދަން އާންމުންގެ އެހީއަށް އެދެފި

މާލޭ މަގުމަތީގައި، ޕިކަޕެއްގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުވި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް މީހަކު ވައްތަރު ޖެއްސި މައްސަލައެއް އެ އިދާރާއިން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވައްތަރުތައް ޖެއްސި މީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވާ ވީޑިއޯއިން ފެންނަނީ ދުވާލުގެ ވަގުތު، މީހަކު ޕިކަޕެއްގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވައްތަރުތަކެއް ޖައްސައި މަންޒަރެވެ. ޕިކަޕުގައި އޭނާގެ އިތުރުން ވެސް މީހަކު ހުއްޓެވެ. އަދި، ދައުރުވަމުން އަންނަ ވީޑިއޯގައި އެ ޕިކަޕުގެ ރަޖިސްޓްރީ ނަންބަރު ވެސް ފެނެއެވެ.

comment ކޮމެންޓް