ރާއްޖެ ބަނގުރޫޓެއްނުވޭ، ދަރަނިތައް މި އަންނަނީ ދައްކަމުން: ރައީސް

ރައީސް މުއިއްޒު ފުވައްމުލަކުގައި ވާހަކަފުޅުދައްކަަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދަރަނި ނުދެއްކި، ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ގޮސްފައިވާކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި ދަރަނިތައް ދައްކަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތީޞާދީ ހާލަތާ ގުޅޭގޮތުން މިހާރު ސަރުކާރާ އިދިކޮޅުގައި ތިބި ބޭފުޅުން ފަތުރަމުން އަންނަ އެކި ވާހަކަތަކާ ގުޅޭގޮތުން، ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ހުރިހާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަަމަށެވެ.

"ބޭރުގެ ދަރަނި ދައްކަމުން ބޭރަށް ޑިފޯލްޓު ނުވެ، އަޅުގަނޑުމެން ޑިފޯލްޓުވެއްޖެކަމަށް، ނޫނިއްޔާ ބަނގުރޫޓުވެއްޖެކަމަށް ބުނެ ދޮގުހަދަމުންދާ ދިއުން އެއީ ހަގީގަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އަންނަނީ ޑިފޯލްޓުނުވެ، ދަރަނި ދައްކައި، ރައްޔިތުންނަށް މުސާރަ ވެސް ދެމުން ކަމަށެވެ. އަދި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ވެސް ފުއްދައިދެމުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އިގުތިޞާދީ އެޖެންޑާއަކީ ބޭރުގެ އިދާރާތަކުން ބަލައިގަންނަ ދެކޮޅު ޖެހޭ އެޖެންޑާއެއް ކަމަށެވެ.

https://sun.mv/188891

"ޚަރަދުކުޑަކުރުމާއި އަޅުގަނޑުމެން މި ދެންނެވި ގޮތަށް ކުންފުނިތަކުން ރައްޔިތުންނަށް މި ފައިސާ ދައްކަމުން ދިއުމާއެކު، ދެން މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރުމާއި، އަޅުގަނޑުމެންގެ މިހެން ހުރި ހުރިހާ ކަމެއް، އިގުތިޞާދީ ހުރިހާ ކަމެއް ރަނގަޅުކުރުމުގެ މަސައްކަތް މި ކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތް ކުރެވުމުން މާ ލަސްތަކެއްނުވެ އިގުތިޞާދީ ހާލަތު ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަން ކުރަމުން އަންނަނީ ކިތަންމެ ދަތި ނަމަވެސް، އިގުތިޞާދަށް ދަތިނުވާނެހެން ފައިސާ ވެސް ޗާޕުނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. ފައިިސާ ޗާޕުކުރުން ހުއްޓައިލުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ފަދަ މާލީ އިދާރާތަކުން ވެސް ތައުރީފުކުރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ފައިސާ ޗާޕުކުރުން ހުއްޓައިލީ ރައްޔިތުންގެ ހައްގުގައޭ...،" އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިގުތިޞާދު ހަރުދަނާކުރުމަށް ޓަކައި ރާއްޖެއަށް ފައިސާ ވަންނާނެ މަގުތައްކަމަށްވާ، މައި އެެއާޕޯޓުތައް ތަރައްގީކޮށް ނިންމުމާއި، ޕްރައިވެޓް ސެކްޓަރުގެ، އަމިއްލަ އިންވެސްޓަރުންނަށް ވެސް ވިޔަފާރީގެ ފަހި ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށެވެ.

comment ކޮމެންޓް