މި ދައުރުގަައި އައްޑޫ ބްރިޖުގެ މަސައްކަތް ނިންމައިލެވޭނެ: މިނިސްޓަރު

އައްޑޫ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކުރުން --

އައްޑޫ ސިޓީ ހުޅުދޫ، މީދޫ، ހިތަދުއާ ގުޅައިލަދޭ ބްރިޖުގެ މަސައްކަތް މި ދައުރުގެ ތެރޭ ނިންމައިލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޑުއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ހުޅުދުއާއި މީދޫ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގައި މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާޒްއާ މަޝްރޫއު ވަނީ ހަވާލުކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭ ފެށޭނެ ކަމަށެވެ.

މިއީ 14 ކިލޯމީޓަރުގެ ބޮޑު ބްރިޖެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، 'ޝައްކުގެ ނަޒަރުން' މި މަސައްކަތާމެދު ދުށް ނަމަވެސް މި ކަން ސަރުކާރުން ކުރާނެ ކަމަށެވެ. އެގޮތުން މި ދައުރުގެ ތެރޭ މަސައްކަތް ނިންމައިލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސަމާލުކަމާއެކު މި ކަން ކުރެވޭނެ ކަމީ އަޅުގަނޑު ޔަގީންކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/188848

މިސްރުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ، ދަ އަރަބް ކޮންޓްރެކްޓާޒަށް މަސައްކަތް ހަވާލުކުރީ އެ ބުރިޖުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ މިިދިޔަ މަހުގެ ތެރޭ އެ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލެއް އިކޮނޮމިކް ކައުންސިލުން ވަނީ ދިރާސާކުރުމަށްފަހެވެ.

comment ކޮމެންޓް