Ooredoo
Ooredoo

"އައްޑޫ މީހުންނަކީ ތިމަންނައާ ބެހޭބައެއް ނޫން"ކަމަށް ޣައްސާން ވިދާޅުވިކަމަށް ތުހުމަތުކޮށް، ރައީސަށް ސިޓީއެއް

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: 'އައްޑޫ މީހުންނަކީ ތިމަންނައާ ބެހޭބައެއް ނޫން'ކަމަށް ޣައްސާން ވިދާޅުވުމުން އައްދު ވަނީ ރައީސަށް ސިޓީއެއް ފޮނުއްވާފައި --- ފޮޓޯ/ ރައީސް އޮފީސް

އައްޑޫއަކީ ތިމަންނާއާ ބެހޭ ތަނެއް ނޫންކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވި ކަމަށް ބުނާ މައްސަލައެއް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިފި އެވެ.

ADK GENERAl

އައްދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ރިޔާސީ ބަޔާނަށްފަހު މަޖިލިސް ތެރެއިން ޣައްސާނާ ބައްދަލުވެ ދެކެވުނު ވާހަކައިގައި ވަޒީރު އައްޑޫގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ވަރަށް ހުތުރުކޮށް ވާހަކަދައްކަވާފައިވާ ކަމަށެވެ.

މެންބަރު އަބްދުއްރަހްމާން: 'އައްޑޫ މީހުންނަކީ ތިމަންނައާ ބެހޭބައެއް ނޫން'ކަމަށް ޣައްސާން ވިދާޅުވުމުން އައްދު ވަނީ ރައީސަށް ސިޓީއެއް ފޮނުއްވާފައި -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އައްދު ވަނީ މި މައްސަލައާ ގުޅިގެން ރައީސަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. ސިޓީގައި އައްދު ވަނީ 35،000ގެ އާބާދީއެއް އޮންނަ އައްޑޫގެ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދައިން އެއްވެސް ވަޒީރަކަށް މުޚާޠަބު ނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ.

"ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ އިދާރާއިން ވަޒީރު ޣައްސާން މައުމޫނާ ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ގުޅުއްވި ކަމަށް ވިދާޅުވުމުން ވަޒީރު ކޯފާ އިސްކުރެއްވި" އައްދުގެ ސިޓީގައި ވިދާޅުވިއެވެ.

"ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫ އަކީ މަށާ ބެހޭވެސް ތަނެއް ނޫން" ޣައްސާން ވިދާޅުވިކަމަށް އައްދު ލިޔުއްވާފައި ވެއެވެ.

މީގެއިތުރުން، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޣައްސާނަކީ މެންބަރު އައްދުއާ ގާތުން މަސައްކަތްކުރެއްވި ބޭފުޅަކަށްވުމުން ކެމްޕޭނު ދުވަސްވަރުގައި ދެއްކެވި ވާހަކަފުޅެއް ހަނދުމަކޮށްދެއްވިކަމަށް އައްދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ގާތުގައި އައްޑޫ ރައްޔިތުން އެ ބޭފުޅުންނަށް [ސަރުކާރަށް] ވޯޓު ދެއްވައިފިނަމަ، އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓު ނުދޭވަރު ކޮށްދޭނަމޭ ވިދާޅުވި" އައްދު ފާހަގަކުރެއްވިއެވެ.

އައްދު މިހެން ވިދާޅުވުމުން ބަދަލުގައި ޣައްސާން 'ތިމަންނާ އައްޑުއަށް ދިޔައީ ކަލޭމެން އެދިގެން'ކަމަށް ވިދާޅުވެފައި ވާކަމަށް އެ ސިޓީގައި ލިޔުއްވާފައި ވެއެވެ.

އައްދު ވަނީ މިނިސްޓަރަށް ގުޅުއްވި ސަބަބު ވެސް އެކްސްގައި ހާމަކުރައްވާފައެވެ. އޭނާ ލިޔުއްވާފައި ވާގޮތުގައި އޭނާ މިނިސްޓަރަށް ގުޅުއްވީ:

  • ކަނޑު އުޅަނދުފަހަރު ދުއްވާ ބޭފުޅުންނަށް ހާދިސާއެއް ދިމާވުމުން އުޅަނދުގައި ތިބި މީހުން އެކަނި ސަލާމަތްކޮށް ރައްޔިތުންގެ އަގުބޮޑު މުދަލާއި އުޅަނދު ސަލާމަތްކުރަން މަސައްކަތްނުކޮށް ދޫކޮށްލާ މައްސަލައެއް ހައްލެއް ހޯދުމަށް.
  • އައްޑޫ ސިޓީ ކައުންސިލް، އަދި އެތައް ރައްޔިތުންނާއި ސްޓޭކް ހޯލްޑަރުންނާއި ދެކޮޅަށް އައްޑޫ ގަމުގެ ތަރައްގީއަށް ހަދާފައިވާ ޕްލޭނާ ޚިލާފަށް ގަމުން ބޮޑުބައެއް މިލިޓަރީ ބޭނުމަށް އަދި ޑްރޯން ބޭސް ހެދުމަށް ނިންމެވުމާ ގުޅިގެން.

އައްދު ރައީސަށް ފޮނުއްވި ސިޓީގައި ވަނީ މިނިސްޓަރު ޣައްސާން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ދެންނެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ވަޒީރުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވަޒީރުކަމަށް އައްޔަންކުރެވުނު އިރު ކޮށްފައިވާ ހުވައި އަލުން ހަނދުމަކޮށް އެރުވުމަށް ވެސް ވަނީ ދަންނަވާފައެވެ.

މި ސިޓީއާ ގުޅިގެން ޣައްސާންގެ ބަހެއް ހޯދަން "ސަން"އިން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އައްދުއަކީ އައްޑޫ މީދޫ ދާއިރާ ތަމްސީލުކުރައްވާ މިނިވަން މަޖިލީސް މެންބަރެކެވެ. އައްޑޫގެ މެންބަރުންގެ ތެރެއިން ވެސް މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވީ އައްދު އެކަންޏެވެ.

Redstar
comment ކޮމެންޓް

comment ދިލްސާ

2 month 2 week ago

ތިފެންމަތިވަނީ ޕާޓީތެރެ ރެނދުލާފަވާވަރު ލައްޖެހި ދޮގުވެރިޔާގެ ކަންތައްނިނެނީالله ހެއުރަޚުމަތާއެކު

reply ކަނީސާ

2 month 2 week ago

ބަލަ އެއަކީ ގައްސާނު ޕާޓީގެ މީހެއް ނޫނޭ. އަމިއްލަ މެމްބަރެެއް މަހިތުން އައްޑޫ މީހުންގެ ސަމާލު ކަން ހޯދަން ޖައްސާލި ސްޓަންޓަކާ ވައްތަރީ

comment Zuhair

2 month 2 week ago

މި ފެތުރެމުންދާ ވާހަކަތަކަކީ ޙަޤީޤަތެއްނަމަ ޣައްސާނު ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަން.. މިއެގިސާބިތުވަނީ.. ؛ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެކަން. ؛ ވަﷲއަޢުލަމު.

comment ކަޅު ބަބުރު ސޮރު

2 month 2 week ago

މަޖިލީސް މެމްބަރ ނޫސްތަކުގެ ހެޑްލައިން އިން ޖާގަ ހޯދަން ޖެއްސި ސުޓަންޓް އަކާ ބޮޑައް ވައްތަރީ. މި ހަބަރުގެ ކުރިން ތިޔަމެމްބަރ ގެ ނަން މީހަކު ބުނާ އަޑުވެސް ނީވެ.

comment ދޮން ބަބުރު ސޮރު

2 month 2 week ago

ގަބުވިޔަސް ތިވަރު ބޮޑު، ކޮބާތޯ މައްސަލަ އަކީ، ދިފާއީ ވަޒީރަކީ ރައްޔިތުންގެ ކަންތަކާ ސީދާ ބެހޭ މީހެއް ނޫން، އެކަމަކު އައްޑޫ ނުނަސް އެހެން ރަށެއްގަ ވެސް ސިވިލް ޑިފެންސުން އެދިފި ނަމަ އެ އެމަކުފާނު ބެހޭނެ.

comment ޗާކޯސްގެ ރައީސް

2 month 2 week ago

ހަފުތާ އަކައް 2 ތިން ވަޒީފާޔައް އެބަ އާދޭ ބާރަށުން ނާއި އޭދަފުށި ދާއިރާއިންނާއި އެކަމް އައްޑޫ މީހަކައް ވަޒީފާއެއްވެސް މެމްބަރަކު ކާރިން ހޯދަން އެދެފިއްޔާ ސަބަރަ ކަރޯ ސަބަރަ ކަރޯ ޖަވާބަކައް އަންނަނީ. އައްޑޫ ރާއްޖޭގަ ޗާޓުގަ އެބޮއްތޯ ސުވާލަކީ؟؟؟ ސަރުކާރުން ވަޒީގަނޑެއްހާ ވަރުވެސް އައްޑޫ ރައްޔަތަކައް ނުލިބޭ ހަރަން ކަމަކައް ވަނީ.

comment ޏސ

2 month 2 week ago

އައްދު އަކީ ފޭކް މީހެކެވެ އައްޑޫ ރައްޔިތުންނަށް ހިޔޮއެދޭގޮތް ދައްކައި، މަކަރާއި ހީލަތުން އަމިއްލަ މަންފާ އިސްކުރުމަގައި އަވަދިނެތި އުޅޭމީހެކެވެ މީނާ މެންބަރުކަމުން ވަކިކޮށްދިނުމަށް އެދި ޕެޓިޝަނެއް ހަދަން ޖެހިއްޖެއެވެ.

comment ދދ

2 month 2 week ago

މިދިޔަ 56 އަހަރުތެރޭގައި އިގިރޭސިން ފޭބިފަހުން އައްޑޫ ތަރައްޤީ ނުވެއޮތީ އައްޑޫގެ ސިޔާސީ ވަފާތެރި ކެހިވެރި ދައުލަތުގެ މާލިއްޔަތު ލޫޓުވި ޗޯރުންގެ ސަބަބުން، އައްޑޫގެ މަޖިލިސް މެމްބަރުންނާއި ކައުންސެލަރުން ނަކީ މާލިއްޔަތު ލޫޓުވާ ސިޔާސީ ޗޯރުން މިދިޔަ 16 އަހަރުގައިވެސް ، އެމީހުން އުޅުނީ އެމީހުންގެ ޖީބު މުއްސަދިކުރަން !

comment ނުކިޔަވާ މިހާ

2 month 2 week ago

ބޭނުމަކީ ފަސާދަކޮށް ހަލަބޮލިކުރުވުން!!!!!!!!!!

comment ސސ

2 month 2 week ago

އަދޫ އުޅެނީ ކޮންމެސް ތަނަކުން ފައިސާ ކޮޅެއް ހޯދައިގެން ފިތުނަ ހަދަން ދޭތެރެ ޖައްސަން ،!

comment ސސ

2 month 2 week ago

ޢައްސާން މައުމޫނަކީ ވަރަށް އަހުލާޤު ރަގަޅުވޭފުޅެއް، އައްޑޫ މީހުންނާއި ހުރިހާ ދިވެހިންދެކެ ލޯބިވާނެ ބޭފުޅެއް، ޢައްސާނަކީ ތިޔަފަދަ ގޮތަކަށް ވާހަކަ ދައްކާނެ ބޭފުޅެއްނޫން އެޔަށްވުރެން މާ ޑިސިޕުލިން ރަގަޅުވާނެ !

comment އަހުދުނާމާ

2 month 2 week ago

ކޮންމެ ވެސް ދޮގެއް ހަދައިގެން ފިތުނަ އުފެއްދޭތޯ ބަލާތި

comment ހެހެ

2 month 2 week ago

ޑިފެންސް މިނިސްޓަރު ޖެހޭތަ އައްޑޫ މީހުންނައް ވަކިގޮތެއް ހޯދަން. މިނިސްޓަރު ޖެހޭނީ އެންމެންގެ މަސްލަހަތު ބަލަހައްޓަން އައްޑޫ މީހުނައް ވަކިގޮތެއް އޮންނާކައް ނުޖެހެ. ޑިފެންސް މިނިސްޓަރާ ދައްކާނީ މައުލޫތެރެއިން ވާހަކަ ޖޫސްޕެޓީ ހަދާވާހަކަ ދެއްކާކައް ނުޖެހެ. ޢައްޑޫ މީހުންގެ ސަބަބުން ގައްސާނު އަގުވެއްޓޭ ކިތައްމެކަމެއް ވެފަ އެބަހުރި މިސާލަކައް ނިއުޕޯޓު ޒާހިދުގެ މުސީބާތުން އަދިވެސް ސަލާމަތްނުވެވުނު. ކަމެއް ކޮއްދިނަސް އެކަން ބަލައިގަންނަ ބައެއްނޫން ކަލޭމެންތީ. އުޅެންވަނީ އެންމެހާ ފޮނިކޮއް ލުއިވަޓަން ގަމީސްލާފަ ގުޗީ އައިނު އަޅާފަ ކުނިވެފަ އޮންނަ ގޮދަޑިއެއްގަ ނިދަނީ. ޕުރައިވެޓް ފޯނައް ގުޅިޔަސް ޖަވާބު ދޭކައް ނުޖެހެ.

comment ޔައުގޫބު

2 month 2 week ago

ބަލަގަ އައްދު ކަލޭވެސް އެބަޖެހޭ ބޮލުގެ ނާށިގަނޑު އެތެރޭގަ އޮތް އެތިން ވިސްނަން. ތި ސިޓީ ފޮނުވަނީ ކާކަށް، އޭނާއަކީ ވަކި ސަހަލު މީހެއްތަ.؟

comment ަސދަސދ

2 month 2 week ago

މި ފެނިގެން ދިޔައީ މިނިވަން މެމްބަރުންގެ މުހިއްމުކަން. ރައްޔިތުންގެ ވޯޓުން ހޮވި މަޖިލިސް މެމްބަރުން ވަކި ޕާޓީއަކާޢި ގުޅުނީމާ ޕާޓީ ހިތްހަމަ ނުޖެހޭ ގޮތަކަށް އެއްޗެއް ބުނެލިޔަސް ގޮނޑި ގެއްލޭނެ. މިނިވަން މެމްބަރަށް ރައްޔިތުންގެ އަޑު އިއްވުމުގެ ބާރު ލިބިގެންވޭ.