ތޮއްޖެހޭ މައްސަލަ ހައްލުކުރަން، ބޭނުންނުކުރާ އުޅަނދުތައް ނައްތާލަން ފަށައިފި

ތޮއްޖެހޭ މައްސަލަ ހައްލުކުރަން ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުން --

މާލޭ ސަރަހައްދުގައި ތޮއްޖެހޭ މައްސަލަ ހައްލުކޮށް އެއްގަމު އުޅަނދުތައް މަދުކުރުމަށްޓަކާ ގިނަ ދުވަސްވެ، ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ، ވެމްކޯ އަދި އިގްތިޞާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.

ތޮއްޖެހޭ މައްސަލަ ހައްލުކުރަން ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުން --

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ގުޅުން ހުރި އިދާރާތައް ހިމެނޭ ގޮތުން އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭކްމަންޓް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ދެ މައުހަލާއަކަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަކީ:

  • މާލެ އަދި ހުޅުމާލޭ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ، އުޅަނދެއްގެ ގޮތުގައި ނުބެލެވޭ ކުނީގެ ގޮތުގައި ހުރި އުޅަނދުތަކުގެ ބައިތައް ނެގުން

މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ސާވޭއެއް ކޮށް މިފަދައިން ހުރި އުޅަނދުތަކުގެ ބައިތައް ދެނެގަނެ ރިޕޯޓެއް އެކުލަވާލާފައެވެ.

  • ވޮލެންޓިއާކޮށް އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން

އުޅަނދު ނައްތާލުމުގެ ވޮލެންޓިއާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މިހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

  • މާލެ އަދި ހުޅުމާލޭ މަގުތަކުގައި ގަވާއިދާ ޚިލާފަށް ގިނަ ދުވަހު ޕާކުކޮށްފައިވާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތައް ގާނުނުގެ ދަށުން ޓޯކޮށް ނައްތާލުން
  • ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތައް މަގުމަތިން ނެގުން
comment ކޮމެންޓް