މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

ޝަހީދު ހުސެން އާދަމް ބިލްޑިންގް: މާލެ އިމާރާތެއް މީހަކު ވެއްޓިއްޖެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ޗާންދަނީމަގުގައި ހުރި އިމާރާތެއްގެ މަތިން މިއަދު މީހަކު ވެއްޓިއްޖެއެވެ.

މި ކަމާއި ގުޅިގެން ފުލުހުން ބުނީ ޗާންދަނީމަގުގައި ހުރި އިމާރާތެއްގެ މަތިން ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އިމާރާތުން ވެއްޓުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާ ވެއްޓުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅިން އެންމެ ތިރިއަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވެއްޓުނީ އިންޑިއާއަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ހާދިސާ ހިނގި ތަނުގައި ފުލުހުން އަންނަނީ ހަރާކަތްތެރިވަމުންނެވެ.

ރައްކާތެރިކަމަށް ސަމާލުކަން ނުދީ މަސައްކަތް ކުރުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެފަދަ ކަންކަމުގެ ސަބަބުން ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

comment ކޮމެންޓް