ފުުލުހުންނަށް އިންޒާރުދެނީ ކަމަށް ބުނެ ފެތުރި ވީޑިއޯގެ ހަގީގަތް ހާމަކޮށްފި

ފުލުހުންނަށް އިންޒާރުދެނީ ----

ފުލުހުންނަށް އިންޒީރުދޭ މަންޒަރު ފެންނަ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފަތުރާ ވީޑީއޯއެއްގެ ހަގީގަތް ފުލުހުން މިރޭ ހާމަކޮށްފިއެވެ.

ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ތިން ފުލުހަކަށް އިންޒާރުދީ ފުލުހުންގެ ބާރު ނެތް ކަމަށް ދޭހަވާ ގޮތަށް އަދި ކަންހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅޭގޮތަށް ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފައިވާ ކަމަށެވެ.

އެ ވީޑިއޯއިން ތިން ފިރިހެނަކު، ތިން ފުލުހަކާ ދިމާލަށް ހަޑި ހުތުރު ބަހުން ހަޅޭއްލަވާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަނީ ނުރައްކާތެރިކޮށް، އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި މީހަކު ހުއްޓުވުމުން އެމީހާ ފުލުހުންނަށް ނުކިޔަމަންތެރިވާ މަންޒަރުކަމަށެވެ.

އެ ވީޑިއޯ ނަގާފައި ވަނީ އެމީހާ ހައްޔަރު ކުރުމުގެ ވަގުތުކޮޅެއް ކުރިން ކަމަށާއި އޭނާ އޭރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަގުމަތީގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މީހުން ހޯދައި، އެފަދަ ކަންކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް