MTCC
Ooredoo

ރާއްޖެއަށް ސިފައިންގެ ބަދަލުގައި ދެން ފޮނުވާނީ ފަންނީ މީހުން: އިންޑިއާ

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން: އިންޑިއާއިން ވަނީ ސިފައިންގެ ބަދަލުގައި، ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަނަށް ފަންނީ މީހުން ފޮނުވާނެ ކަަމަށް ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންތަކުގައި މިހާރު ހަރަކާތްތެރިވާ ސިފައިން އަނބުރާ ގެނައުމަށްފަހު ރާއްޖެއަށް ފަންނީ މުވައްޒަފުން ފޮނުވާނެ ކަމަށް އެގައުމުން މިއަދު ބުނެފިއެވެ.

Ooredoo

އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ނޫސްވެރިއަކުވަނީ، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ މަތީ ފަންތީގެ ކޯ ގުރޫޕުން މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަށް އިޝާރާތްކޮށް ސުވާލުކޮށްފައެވެ.

އެ ނޫސްވެރިޔާގެ ސުވާލުގައި ބުނީ، އިންޑިއާ ސިފައިން ބަދަލުކުރާނެ ތާރީޚުތަކެއް ފޮރިން މިނިސްޓްރީން އޭރު ދިން ނަމަވެސް، ސިފައިންގެ ބަދަލުގައި އުޅަނދުތަކުގެ އޮޕަރޭޝަނަށް ބޭނުންކުރާނެ ބަޔެއްގެ ތަފުސީލު ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ މައުލޫމާތު ހިއްސާކުރުމަށް އޭނާ އެދުނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޖައިސްވަލް ވިދާޅުވީ، އެ ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްޓާނަލް އެެފެއާސް މިނިސްޓްރީން ބަޔާނެއް ނެރެފައިވާނެ ކަމަށާއި ބައްދަލުވުމުގައި އެއްބަސްވި ކަންތައްތައް އެ ބަޔާނުގައި އޮންނާނެ ކަމަށެވެ. އަދި ކޯ ގުރޫޕުގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ވާހަކަ ވެސް ބުނެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ބުނަން ބޭނުން، މިހާރު ތިބި މީހުންގެ ބަދަލުގައި ދެން ތިބޭނީ އިންޑިއާގެ ކަމަށް ގާބިލު، ފަންނީ މީހުން،" ޖައިސްވަލް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނުގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް ކަމަށެވެ.

އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އެ ތާރީޚުތަކާ ދިމާވާ ގޮތަށް އިންޑިއާއިން ސިފައިން އަނބުރާ ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހީންގެ ގާބިލްކަން އިތުރުކޮށް، ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭ ހާލަތަށް ވަރަށް އަވަހަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/188400

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސްވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެގައުމުގައި އެދިވަޑައިގެންފައެވެ. އެއަށް ފަހު، މިދިޔަ މަހުގެ 14ގައި ރައީސްވަނީ، މާޗު މަހުގެ 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ.

Redstar
comment ކޮމެންޓް

comment ހުއިޒުން

1 year 2 month ago

ބުރޯ ތީތި ކަޑައޭ. އިންޑިއާ އައުޓް ކުރަންބުނެ ތި އޮޅުވާލީ. އިންޑިއާ ސިފައިންނާއި އެމީހުންގެ އުޅަނދުފަހަރާއި އެގައުމުން ހުށައަޅާ އަޅުވެތިކަމުގެ އެހީގެ ފައިސާއަށް ނޫނެކޭ ބުނަން އަހަރެމެން ބޭނުމީ. މުއިޒުނޫން ގޮތެއްހޯދަން ނޫނީ ޖެހިދާނެ. ދިވެހިން ބޭނުމެއްނޫން ކަލަގޮވާ ބަޔަކާއި ގުޅޭކަށް. މިގައުމުގެ މިނިވަންކަން މާމުހިއްމު.

comment ާަސަމާ

1 year 2 month ago

ކިހާ ދެރަކަމެއް ކޮންމެ ނަމެއް ކިޔާފަ ފޮނުވިއަސް އިންޑިޔާ ސިފައިން ރާއްޖޭގައި ބައިތިއްބާނެ. މުއިއްޒުއަށް ތިކަން ނުކުރުމަށް ގޮވާލަން. މޯދީގެ އަޅުވެތި ކަމުން ސަލާމަތް ކުރައްވާށި

comment ޔޫޓޫ

1 year 2 month ago

އިންޓެލް ޜޯ ގެ ފަންނީމީހުން

comment ޗަކީ

1 year 2 month ago

ރާއްޖެއަށް ފޮނުވާނެ ކަމެއްނެތް ފަންނީ މީހުން އިންޑިޔާއަކުން. މިތާތިބި ދިވެހިންނަށް ނުކުރެވޭވަރުކަމެއް ނޫން ތިއަކީ. ފަންނީމީހުންގެ ނަމުގައި ސިފައިން ފޮނުވަން ތިރާވަނީ. މިހާރު ހީވަނީ މުއިއްޒުވެސް އިންޑިޔާއާއި ޑީލް ހަދާފިހެން.

comment ބިރިޔާނީދުލަގު

1 year 2 month ago

ދެންސޯޓްބްރިލައިގެންގަންޖިފަރާސްލީމާއާދާއިގެވީތޯ؟ނޯއެއްގޮތަކައްވެސްއެމީހުނާއިއެމީހުންގެހަދިޔާމިތަނުންބޭރުކުރޭ މީދިވެހިންފަހަރެއްގާވެސްމިމީހުންރިޅިއަރުވާއިގެންތަޅުންފޮޅުންގަޑެއްއުފައްދާމިތަންނުހިފަނީސްބޭރުކުރޭތީވަރައްޔަހޫދީގައުމެއްމީޑިއާތަކުގާހުންނަވާހަކައިންއެމީހުންމިތާކުންބޭރެއްވެސްނުކުރެވޭނެއަދިމިތނުގެގާނޫނެއްވެސްއެމީހުނަކައްނުހިންގޭނެއެމީހުންއެއުޅޭގޮތްބަލާބަލަނައްޓާލަންވީމާނައްޓާލަނިއަމްނަންވީމާއަންނަނީގާނޫނެއްގަވާއިދެއްއެމީހުންގެމައްޗަކަށްދަށަކައްނުހިގާ ބޭރުކުރޭ ބޭރުކުރޭ

comment ޙަސީނާ

1 year 2 month ago

މި ޤައުމަކަށް އިންށިޔާގެ ފަންނީމީހުންނެއް ބޭނުމެއްނުވޭ ކިހާބޮޑު ނުފުރުއްޕާނެއް މިޤައުމުގަ ފަންނީމީހުން އެބަތިބި މި މީހުންގެ ކިބަޔަކުން ސަލާމަތެއް ނުވިއެއްނު އަދި މުއިއްޒު އަކަށް ވެސް މި ކަމެއްނުވިއެއްނު

comment ޜަނނަމާރިބެ

1 year 2 month ago

ކިތައްފަގަރު ތިސުރުހީ ޖެހިއްޖެ

comment ނުރަބޯ

1 year 2 month ago

ނޫނޭ ނޫނޭ އިންޑިއާގެ ފައްނީ މީހުންވެސް ދިވެހިރައްޔިތުން ބޭނުމެއްނުވޭ. ދިވެހިރައްޔިތުން ބޭނުންވަނީ އިންޑިއާގެ އަޅުވެތި ކަމުން މިންޖުވާން. ފައްނީމީހުންގެ ނަމުގައިވެސް އަންނާނީ ހަމަ ސިފައިން. އެހެންވެގެން އެކިއެކި ކޮޅުމަތި އެ ދައްކަނީ.

comment ޙަޖޖަޖަ

1 year 2 month ago

ޙަހަހަހަހހަހަހ