މޭ 10ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެއްބަސްވެއްޖެ

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ އިންޑިއާ ސިފައިން މޭ 10ގެ ކުރިން ބާލަން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. ވައުދާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާޗު މަހުގެ 15ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް ވެސް ދެ ގައުމުގެ ސަރުކާރުން ވަނީ ފަށައިފައެވެ.

މިއަދު އިންޑިއާގައި އޮތީ ދެ ގައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ މަތީފަންތީގެ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވެމެވެ.

މި ބައްދަލުވުމުގެ މައުލޫމާތު ރާއްޖޭގެ ފޮރިން މިނިސްޓްރީން ހިއްސާކުރަމުން ބުނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވީ، އަންނަ މަހުގެ 10ވަނަ ދުވަޖުގެ ކުރިން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން، ރާއްޖެއިން ބޭލުމަށްކަމަށެވެ.

އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެެވެ.

މި ކަންކަމުގެ އިތުރުން ދެ ގައުމުގެ ދެމެދު އަސްކަރީ ގޮތުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމާއި ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.

https://sun.mv/187604

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި 88 އިންޑިއާ ސިފައިން ގާއިމުވެ ތިބިކަން މިހާރަނަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި، ޑޯނިއާ މަތިންދާ ބޯޓުތައް އޮޕަރޭޓުކުރުމަށާއި މެއިންޓެނެންސްގެ މަސައްކަތް ކުރުމަށް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް