ޓިޝޫ ޕޭޕަރެއްގައި ލިޔެގެން ބާސެލޯނާއާއެކު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހެދި ފުރަތަމަ ކޮންޓްރެކްޓް ބޮޑު އަގުގައި ވިއްކާލުމަށް ނިންމައިފިއެވެ.
ބާސާއާއެކު ހެދި އެ ކޮންޓްރެކްޓުގައި މެސީ ސޮއިކުރީ އޭނާގެ އެޖެންޓް ހޮރާސިއޯ ގަގިއޯލީ އަދި ޖޯސެޕް މާރިއާ މިންގޭލާ އާއި އެ ކްލަބުގެ ޑިރެކްޓަރު ކާލެސް ރެކްސަކްގެ ހާޒިރުގައެވެ. އޭރު އެ ކޮންޓްރެކްޓުގައި ހިމެނޭ ލިޔުންތައް ލިޔެ ސޮއިކޮށްފައިވަނީ ޓީޝޫ ޕޭޕަރެއްގައެވެ.

ލިއޮނެލް މެސީ, ބާސާގެ ޖާޒީގައި --- ފޮޓޯ/ ޖޭމީ ސްމިތް
މެސީގެ އެ ކޮންޓްރެކްޓަށް ބިޑުކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި އަންނަ މަހުގެ ތެރޭގައި, ގަގިއޯލީގެ ހާޒިރުގައެވެ. އެ ބިޑު ފެށޭ އަގަކީ 300,000 ޕައުންޑް (381,000 ޑޮލަރު) އެވެ.
ފުޓުބޯޅައަށް މެސީ ތައާރަފުވެގެންދިޔައީ އެ ކޮންޓްރެކްޓަށްފަހުއެވެ. މެސީ ލައްވައި ބާސާއިން އެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ ވާދަވެރި ރެއާލް މެޑްރިޑުން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މެސީ ލައްވައި ޓިޝޫ ޕޭޕަރުގައި ސޮއިކުރުވީ ބާސާގެ ބައްދަލުވުމަކަށްފަހުއެވެ.
އެ ކޮންޓްރެކްޓު ވިއްކާލުމަށްފަހު, އޭގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ބާސެލޯނާ ފައުންޑޭޝަނަށެވެ.